މިއަހަރު އައްޑޫގައި ކޯޓް ކޮމްޕްލެކްސްއެއް ޢިމާރާތްކުރާނަން: ރައީސް

މިއަހަރު އައްޑޫގައި ކޯޓް ކޮމްޕްލެކްސްއެއް ޢިމާރާތްކުރާނަން: ރައީސް

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 09:44
0

އައްޑޫ ސިޓީގައި މިއަހަރު ކޯޓް ކޮމްޕްލެކްސްއެއް ޢިމާރާތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ހިތަދޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންނާއި ބައްދަލުކުރައްވާ ރަށްވެހި ފަތިސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވަނީ ހިތަދޫގައި ކޯޓް ކޮމްޕްލެކްސްއެއް މިއަހަރު ޤާއިމްކުރެވޭނެކަމަށެވެ. ރައީސް ވަނީ އައްޑޫއަށް ވެ ވަޑައިގެންފައިވާ ވަޢުދުތައް މިއަހަރު ފުއްދަވަނެކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އައްޑޫ ހިތަދޫ ކޯތް ކޮމްޕްލެކްސްގެ މިހާރު ޑިޒައިންކުރުމަށް ހަވާލުކުރެވިފައިވާކަމަށާއި، އުއްމީދަކީ އައްޑޫ ކޮންވެންޝަން ސެންޓަރުފަދަ ރީތި ޑިޒައިނަކަށް އެތަން ޤާއިމްކުރެވޭނެކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ފައިތުވި ދެ އަހަރު ކުރެވިފައިވަނީ އައްޑޫއަށް ކަން ފާހަގަކުރައްވާ މިހާތަަނށް ޕީއެސްއައިޕީއަށް އެކަނިވެސް 535 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.