މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމު ފުރުއްވި މުޙައްމަދު މަލީހު ޖަމާލް މަޖިލީހުގެ މެމްބަރުން ސަރުކާރުގެ ވަޒީރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތު ބެލުމަށްޓަކައި މާދަމާ މަޖިލީހަށް ޙާޒިރުވުމަށް އަންގައިފިއެވެ. ަލީހު މާދަމާ އިމްތިޔާޒް ކޮމިޓީއަށް ޙާޒިރުވުމަށް އަންގާފައިވަނީ ހެނދުނު11 ޖަހާއިރަށެވެ.
މަޖިލީހަށް ޙާޒިރުވުމަށް އެންގި އެންގުމަށް މަލީހު ވަނީ ޖަވާބުގައި ސިޓީއެއް ފޮނުއްވާފައެވެ. މަޖިލީހުގެ ރައީސްއަށް މަލީހު ފޮނުއްވި ސިޓީގައި ވަނީ މަޖިލީހަށް ޙާޒިރުވުމަށް އެންގި އެންގުން ޤަބޫލުކުރައްވާ މާދަމާ މަޖިލީހަށް ޙާޒިރުވާނެކަމަށް ވިދާޅުވެފައެވެ.
ހަވާލާދީފައިވާ ސިޓީގައި ބަޔާންކުރާ ކަންކަމަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ކަމެއްކަމުގައި އަޅުގަނޑަށް ފެންނާތީ، މިފަދަ ގައިރު ދުސްތޫރީ ކަމެއް ކުރިޔަށް ގެންދިއުމަށް ތިޔަ
ޢިއްޒަތްތެރި މަޖިލިހުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރަމެވެ. ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައި ވަރަށް ސަރީހަ އިބާރާތުން ބަޔާން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން،ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ.
– މުޙައްމަދު މަލީހު ޖަމާލް
މަލީހު ވަނީ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބުނީތީ ހިތުހުރި ގޮތަކަށް ޢަމަލުތައް ނުބެހެއްޓުމަށް އިލްތިމާސްކުރާކަމަށްވެސް ވިދާޅުވެފައެވެ. އެހެނީ ބާރުލިބުމަށް ފަހު އެއްމެގާތީ ދެން އެބާރުތައް އަތުން ބީވެގެން ދިއުން
ކަމުގައި ވާތީކަމަށާއި، މިނޫން އެހެންދުވަސްވެސް އަންނާނެތީކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ.
13 ނޮވެމްބަރ 2020 ވަނަ ދުވަހު ވީޓީވީގެ ގޮނޑިކޮޅު ޕްރޮގްރާމްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް އަޅުގަނޑުދެއްކި ވާހަކަތައް ބަލައި ނުގަނެވި އެކަމުގެ ރުޅިވެރިކަމުގައި އަޅުގަނޑުގެ ބޮލުގައި ދޮގު ޢިލްޒާމެއް އަޅުވައި އެއްވެސް
އަސާސެއްނެތް ގޮތަށް ތިޔަ ޢިއްޒަތްތެރި މަޖިލީހުން 1 މާރިޗު 2021 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ޖަލްސާއަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ، 28 ވަނަ މާއްދާ އަދި 29 ވަނަ މާއްދާ ބައްދަލުކުރި ކަޅުދުވަހެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަމެވެ. ކައްޗަށް އެޅުނު އެބިންގާ މައްޗަށް އަނެއްކާވެސް އިތުރު މައްސަލައެއް ވައްދާ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއިން ކުރިޔަށް ގެންދަވަން ތިޔަ އުޅުއްވާ މައްސަލައިގެ ސަބަބުން މަނިކުފާނުގެ ޑިމޮކްރަޓިކް ކްރެޑެންޝަލްއާއި މެދު ސުވާލުކުރައްވާނެ ފަރާތްތަށް ގިނަވާނެ ކަމާއި މެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނެތެވެ. ޤާނޫނު ހަދާ ބާރުން މިއަދު އަޅުގަނޑުފަދަ އާންމު ރައްޔިތަކާއި މެދު ތިޔަ ގޮތަށް ޢަމަލުކުރެއްވުމުން ޤާނޫނު
އަސާސީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިދާނެ ކަމާއި މެދު ޝައްކު އުފެދެއެވެ.
– މުޙައްމަދު މަލީހު ޖަމާލް
މާދަމާ 11 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގައި ތާވަލުކޮށްފައިވާ ތަހުޤީޤަށް ދަޢުވަތު ދީފައިވާތީ ފޮނުވާ ޖަވާބު@mvpeoplesmajlis @Mihaarunews@DhiyaresNews @Hurihaanews @cnm_mv @avasmv @DhiyaresNews @psmnewsmv @USAmbSLM @caron_rohsler @HCIMaldives @abdulla_shahid pic.twitter.com/mR7QG5U1Y8
— Mohamed Maleeh Jamal (@maleehjamal) March 21, 2021
މަޤާމުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މައްސަލައަށް ޖަވާބު ދާރީވުމަށް ލިބުނު ފުރުސަތުގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެދުވަހު ވަގުތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފައެވެ.
މަލީހު އެދުވަހު ވިދާޅު ދައުލަތުގެ މިނިސްޓްރީއެއް އެތަނުގެ ފޮޅާ ސާފުކުރާ މީހުން ބުނާގޮތަށް ނުހިންގޭނެކަމަށެވެ. ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، މަޖިލީހުގައި އަމިއްލަފުޅަށް ސަރުކާރާ ދެކޮޅު ފެކްޝަނެއް އުފައްދައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވަމުން މަސައްކަތްކުރުމަކީ ރިޔާސީ ނިޒާމްގެ މަފްހޫމާއި ޚިލާފްކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ