އެޗްޕީއޭއިން ޢާންމުކުރި ގައިޑްލައިންގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެޗްޕީއޭގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ.
އެގޮތުން މާދަމާ ބާއްވާ އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމަށް އެޗްޕީއޭގެ ވެރިން ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. އެކޮމިޓީގެ ނާއިބު މުޤައްރިރު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ، އެޗްޕީއޭ ހިންގަމުންދަނީ ގާނޫނާއި ހިލާފަށް ކަމަށާއި، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ހުރީ އިންސާނީ ބުއްދި ގަބޫލުކުރާ ހިސާބެއްގައި ނޫންކަމަށެވެ.
އެޗްޕީއޭގެ ވެރިން ކޮމިޓީއަށް ޙާޒިރުކުރަން ނިންމާފައިވަނީ އި ހޮޓާ ރެސްޓޯރެންޓާއި ކެފޭގެ އިތުރަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭ އުސޫލާއި ގުޅިގެން އެ ފިޔަފާރިތައް ހިންގަމުން އަންނަ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާކަމުގެ ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ކޯވިޑާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދިންނަމަވެސް ކެފޭ ރެސްޓޯރަންޓް ވިޔަފާރިތައް ރޭގަނޑު އެއްކޮށް ބަންދުކުރާގޮތަށް އުސޫލު އާންމުކޮށް އެ އުސޫލަށް އަމުލުކުރުމުގެ މުއްދަތު އިތުރުކުރަމުން ދަނިކޮށް، އެޗްޕީއޭއިން ވަނީ ފާޑުކިއުމާއި ޕްރެޝަރ ބޮޑުވެ ގަޑިތަކަށް ބަދަލު ގެނެސްފައެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިހާރު ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރޭގަނޑުގެ 10.30 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި އެ އެންގުމުގައި ބުނެފައިވަނީ މި ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށެވެ.އެޗްޕީއޭއިން މިއަދު މިބަލު ގެނައިރު މާލެ ސަރަހައްދުގެ ސައިހޮޓާ، ރެސްޓޯރަންޓް ފަތިހު 4:30 އިން 11:30 އަށް ޚިދުމަތް ނުދޭވޭ އުސޫލު ރޭވަނީ އިތުރު ހަފްތާއަކަށްވެސް ދަންމާލާފައެވެ. ނަމަވެސް މިބަދަލާއިއެކު މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓުތަައް ބަންދު ކުރާނެ ވަގުތު ވަނީ 10:30 އަށް ކަނޑައަޅާފައެވެ.
މާލެ ސަރަޙައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 6:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.
ކޮމެންޓު ފޮނުވާ