ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓުތަކެއް ލައްގަމުންދާކަމަށް އެ އަތޮޅުގެ ރަށްތަކުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ލައްގަމުންދާތީ މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލް ފުލުހުން ނުދެއްވައެވެ.
ހއ.އަތޮޅުގެ ބައެއް ރަށްތަކަށް މަސްތުވާތަކެތި ލައްގަމުންދާއިރު އޭގެ ތެރޭގައި އެ އަތޮޅު ފިއްލަދުއާއި ވަށަފަރުވެސް ހިމެނެއެވެެ. ފިއްލަދޫ ކައުންސިލުން ބުނީ އެރަށު ބަނދަރު ސަރަހައްދަށް މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ބޮޑު ބޮޑު ގޯންޏެއް ލައްގާފައިވާކަމަށާއި، އެތަކެތި ފެނުނީ ހެނދުނު 11 ޖަހާކަންހާއިރުކަމަށެވެ. އެތަކެތި ފެނުނީ ބަނދަރާ ކައިރިކުރި މަސްދޯންޏަކަަށް ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ. އެ ގޯނީގައ ފަންސާހަކަށް ޕެކެޓް ހުރިކަމަށްވެއެވެ.
ޕެކެޓު ބަންދުކޮށްފައި ވަނީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ކޮފީ ބްރޭންޑެއްގެ ޕެކެޓަކުންކަމަށްވެސް ކައުންސިލުން ބުންޏެވެ. އަދި އެއިން މުށި ކުލައިގެ ކުނޑިތަކެއް ނުކުންނަކަމށްވެސް ބުނެފައިވެއެވެ.
ފެނުނު މަސްތުވާތަކެތީގެ ބަރުދަން25 ކިލޯއަށް ވުރެ ބަރުވާނެކަމަށްވެސް މަޢޫލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ