އެމްޕީގެ ލޯގޯއާއި ކުލަ ޕީޕީއެމްގެ ކެމްޕޭނުގައި ބޭނުންކުރާކަމަށް ބުނެ ފިޔަވަޅު އެޅުމަށް ގޮވާލައިފި

އެމްޕީގެ ލޯގޯއާއި ކުލަ ޕީޕީއެމްގެ ކެމްޕޭނުގައި ބޭނުންކުރާކަމަށް ބުނެ ފިޔަވަޅު އެޅުމަށް ގޮވާލައިފި

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 03:13
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ލޯގޯ އާއި ކުލަ، ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން ގެންދާކަމަށް ބުނެ އެކަން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕީ.ޕީ.އެމް. ގެ ކެމްޕޭން ޙަރަކާތްތަކުގައި، އެމް.ޑީ.ޕީ. ގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް ގެ ލޯގޯއާ އެއްކޮށްގެން ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތަށް ވޯޓު ހޯދުމަށް މަސައްކަތްކުރާކުރުމަކީ އެ ޕާރޓީން ހިންގާ ޣައިރުޤާނޫނީ އަދި ދަށުދަރަޖައިގެ ޢަމަލެއްކަމަށް ދެކޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެކޭ އެއްފަދައިން، ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމް.ޑީ.ޕީ އިން ވާދަކުރަނީ ކޯލިޝަނަކާ ނުލައި، މި ޕާރޓީގެ ނަމުގައި އެކަންޖެވެ. އަދި ޕީ.ޕީ.އެމް. އާއި ޕީ.އެން.ސީ އަކީ ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީގެ ވާދަވެރި ފަރާތްތަކެވެ.

– އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެމް.ޑީ.ޕީ. ގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް ގެ ލޯގޯއާ އެއްކޮށްގެން ޕީ.ޕީ.އެމް އިން ކެމްޕޭންކުރަމުންދާ ދިއުން ވަގުތުން ހުއްޓައިލުމަށް އެ ފަރާތްތަކަށް ގޮވާލަމެވެ. އަދި ޤާނޫނާ ޚިލާފަށް އެމް.ޑީ.ޕީގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް. އިން ބޭނުންކުރާ މައްސަލަ ބައްލަވައިދެއްވައި، ފިޔަވަޅުއަޅުއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަސީދު
Tivarun danyaa eh paateen aneh paateege nah bunegen ves duvas kolakun dauvaa kuraane