އިޙުސާން، ވައްޑެއަށް: މިޤައުމަކީ ސިޔާސީ މީހުން ބޭނުންގޮތަކަށް ފިހެގެން ކާން އޮތް ކޭކެއްކަމަށް ދެކިގެން ނުވާނެ

އިޙުސާން، ވައްޑެއަށް: މިޤައުމަކީ ސިޔާސީ މީހުން ބޭނުންގޮތަކަށް ފިހެގެން ކާން އޮތް ކޭކެއްކަމަށް ދެކިގެން ނުވާނެ

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 03:04
0

ސިޔާސީ ވާހަކަ ދައްކަން ހައްގު އޮންނަނީ ތިމަންނައެކަނިކަމަށް ދެކި މި ޤައުމަކީ ތިމާމެން ބޭނުންގޮތަކަށް ފިހެގެން ކަނޑާ ކާން އޮތް ކޭކެއްކަމަށް ސިޔާސީ މީހުން ދެކިގެން ނުވާނެކަމަށް ވިދާޅުވެ ކެޕްޓަން ރިޓަޔަރޑް ޢަލީ އިޙްސާނަށް، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)އަށް ރައްދު ދެއްވައިފިއެވެ.

ސިފައިންގެއިން ނިކުތްގޮތަށް ސިޔާސީ މަސައްކަތް ފައްޓަވައިގެން ހުރެމެ، ސިޔާސީ ގޮތުން ދައްކަވަނީ ނަގޫބުރި ހިޔަޅުދެއްކި ބާވަތުގެ ވާހަކައެއްކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ކެޕްޓަން ރިޓަޔަރޑް ޢަލީ އިޙްސާނަށް ރައްދުދެއްވާ ފާޑުވިދާލުވެފައި ވަނިކޮށް އިޙްސާން އަނެއްކާވެސް މިވަނީ ވައްޑެއަށް ރައްދު ދެއްވާފައެވެ. އިޙްސާން ވިދާޅުވީ، މި ޤައުމުގެ ހައްޤުގައި އެހެން މީހުންވެސް ބަސް ބުނާނެކަމަށާއި، ބަސް ބުނަން ޖެހޭކަމަށެވެ.

ސިޔާސީ ވާހަކަ ދައްކަން ހައްގު އޮންނަނީ ތިމަންނަ އެކަނިކަމަށް ދެކި މި ޤައުމަކީ ތިމާމެން ބޭނުންގޮތަކަށް ފިހެގެން ކަނޑާ ކާން އޮތް ކޭކެއްކަމަށް ސިޔާސީ މީހުން ދެކިގެން ނުވާނެ. މި ޤައުމުގެ ހައްޤުގައި އެހެން މީހުންވެސް ބަސް ބުނާނެ އަދި ބަސް ބުނަންޖެހޭނެ. މިއީ މަޤޭވެސް ޤައުމު.

–  ކެޕްޓަން ރިޓަޔަރޑް ޢަލީ އިޙްސާން

ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ސަމާލަތީ ބާރުތައް ސިޔާސީ މުއައްސަސާއަކަށް ނުހައްދެވުމަށް އިހުސާން ގޮވާލެއްވުމުން ދެއްވި ރައްދުގައެވެ. އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން އާންމުންގެ ތެރޭގައި ދެކެވޭ ވާހަތަކަށް އިހުސާން ދަނީ ރައްދު ދެއްވަމުންނެވެ. ޚާއްސަކޮށް ޤައުމުގެ ސަލާމަތީ ކަންކަން ބަލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތްތަކާއިމެދު އެއްވެސް ހަގީގަތެއްނެތި ވާހަކަ ދެއްކުމަކީ ގަބޫލު ކުރެވޭ ކަމެއްނޫންކަމަށް އިހުސާން ވަނީ ވިދާޅުފައެވެ.

ވައްޑެ، އިހުސާންއަށް: ތިޔަދައްކަވަނީ “ނަގޫބުރި ހިޔަޅު” ދެއްކި ބާވަތުގެ ވާހަކަ ނޫންތޯ؟

ދައުލަތުގެ ތެރޭގައި ހުރިހާ މުއައްސަސާއަކީ ސިޔާސީ މުއައްސަސާއަށް ވެއްޖެނަމަ އެކަމުގެ ނުރައްކާ މާބޮޑަށް އިތުރުވާނެކަމަށް އިހުސާން ވިދާޅުވިއެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް މަސައްކަތް ކުރާ މީހުންނަކީ އަބަދުވެސް ހައްގުގޮތުގައި މަސައްކަތް ކުރަބަޔަކަށް ވާއިރު އަންނަ ކޮންމެ ސިޔާސީ އޮއިވަރަކާއިއެކު ސަލާމަތީ ބާރުތަކަށް ބަދަލު އަންނަނަމަ އެއީ ވަރަށް ދެރަ ކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކުވެރިއެއް
ސާބަހޭ އިހްސާން ތިޔައީޤައުމުގެ ބަތޮލުން ތިޔަވިދާޅުވާ ވަށްޑޭމެން ދުވަހަކުވެސް މިޤައުމުދެކެ ލޯތްބެއްނުވާނެ އެއީހަމަ މިރާއްޖެއަށް އުފަންވެފަ ތިބިޣަށްދާރުން ވަރަށްސާފް އިނގޭތޯ
ކޮރަކަލި ސިއާސީ ވާހަކަތައް ދެއްކުން މައްސަލަ އެއްނޫން ނަވެސް މިގައުމުގެ ތިއްބެވި ސިއާސީ ބެއިފުޅުން ދަތްކަވާ ގިނަވާހަކަ ތަކަކީ ސިއާސީ ޕުރެޕެގެންޑާ ފެތުމުގެ ގޮތުން ދަތްކަވާ ވަރަށް ވެސްދަށުދަރަ ޖައިގެ ވާހަކަތައް
ބ ބަޗީ
އެއްވެސް އުރަތްޕެއް ނެތް ކުރަތްޕަކަށް ބާރެއް ލިބުމުން މަތިހަށި ނަގަނީ.