ސިޓީ ކައުންސިލުން 200 ދިވެހިންނަށް ވަޒީފާ ދިނުމަށް ވަނީ ޕްލޭން ކުރެވިފައި: މޭޔަރު

ސިޓީ ކައުންސިލުން 200 ދިވެހިންނަށް ވަޒީފާ ދިނުމަށް ވަނީ ޕްލޭން ކުރެވިފައި: މޭޔަރު

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 02:45
0

ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީން މަދުކޮށް 200 ދިވެހިންނަށް ވަޒީފާ ދިނުމުގެ ޕްލޭނެއް ހަދާފައިވާކަމަށް މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލް އަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް، ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަންދޭ ތަނަކަށް ވާންޖެހޭ ކަމުގައި މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައި މާލޭގެ މިހާރުގެ މޭޔަރު ސިފާ ވަނީ 7 އަހަރު ދުވަހު ހުރިހާ ސެކްޝަނެއް ގެންގުޅުނުއިރު އެއްވެސް ބިދޭސީއަކަށް ބަދަލެއް ގެނެސްފައިނުވާކަމަށެވެ. މި ދެ އަހަރުގެ ތެރޭގައި ބިދޭސީން މެދުވެރިކޮށް30 ދިވެހިން އިތުރުކޮށް އަދި ކުރިއަށް އޮތްތަނުގައި 200 ދިވެހިން ނަގަން ޕްލޭން އެކުލަވާލާފައިވާކަމަށްވެސް ސިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ޚިދުމަތްދެނީ ދިވެހި ރައްޔިތުންނަށް ކަމަށްވާއިރު، ދިވެހިވެ ރައްޔިތުންގެ ތެރެއިން އެތައްބަޔަކު ޚާއްސަކޮށް މާލެ ސިޓީގައި ދިރިއުޅޭ އެތައް ރައްޔިތުންނެއް ވަޒީފާއެއް ނުލިބި ތިބިއިރު، އެމީހުންނަށް މިވަޒީފާތައް ޚާއްސަ ކުރަންޖެހޭކަމަށް ކުރީގެ ހައުސިން މިނިސްޓަރުގެ މަޤާމުވެސް ފުރުއްވި މުއިއްޒު ވިދާޅުވިއެވެ. ވަޒީފާތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިވާނޭހެން އެމީހުންނަށްވެސް އަދާކުރެވޭނެ މަސައްކަތްތަކަށް އެފަދަ މީހުންނަށް ފުރުސަތު ދިނުމަކީވެސް މުހިންމު ކަމެއްކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ސިޓީ ކައުންސިލް އަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމުގައި އިސްކަންދޭ ތަނަކަށް ހަދަންޖެހޭ. ބިދޭސީ މުވައްޒިފުން މަދުކޮށް އެ މުވައްޒިފުން އެވަޒީފާތަކަށް ދިވެހިން ނެގުމުގެ ސިޔާސަތު އެކަށައަޅައި ތަންފީޒު ކުރަންޖެހޭ. މިގޮތުން، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކުރަންޖެހޭ.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ފާހަގަކޮށް މުއިއްޒު ވަނީ އެކަންކަން ހައްލު ކޮށްދެއްވާނެކަމަށް ވިދާޅުވަމުންނެވެ. ޚާއްސަކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހަމަހަމަ ކަމާއި އިންސާފުވެރިކަމާއިއެކު ޚިދުމަތް ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަަތައް ހަލު ކުރަން ނިކުންނަނީ އިޚްލާސްތެރި ނިޔަތެއްގައި ތެދުވެރި ކަމާއިއެކުގައިކަމަށާއި، މާލެ ސިޓީގެ ރައްޔިތުން އެދޭފަދަ ބަދަލެއް މާލެ ސިޓީއަށް ގެނެސް ދެއްވާނެކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަޗީ
ދެ އަހަރު ވީއިރުވެސް ތިޔަ ވިދާޅުވާ ވަޒީފާތަކަށް ދިވެހިންނަށް ފުރުޞަތު ނުދެވުނީ ކީއްވެތޯ؟