ޤާނޫނުއަސާސީއާ ޚިލާފަށް އިޢުލާންކުރެވުނު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިހާރު އިތުރުކުރަމުން ދަނީވެސް ޤާނޫނު އަސަސީއާއި އެއްގޮތަށް ކަމަށް ބެލެވެން ނެތްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް-19އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އޮންނަތާ މިހާރު އަހަރެއް ފާއިތުވެގެން ވަނީ ގޮސްފައެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ޤާނޫނުއަސާސީއާ ޚިލާފަށް އިޢުލާންކުރެވުނު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިހާރު އިތުރުކުރަމުން މިދަނީ ޤާނޫނު އަސާސީގެ 255 ގެ (ނ) އާއި (ރ) އާ އެއްގޮތަށް ކަމަށް ބެލެވެން ނެތްކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އެންމެންވެސް އިޙުތިރާމްކުރަން ޖެހޭކަމަށްވެސް ޑރ.އަޙްމަދު ޢަަބްދުﷲ ދީދީ ވިދާޅުވިއެވެ.
ފުރަތަމައިނުންވެސް ޤާނޫނުއަސާސީއާ ޚިލާފަށް އިޢުލާންކުރެވުނު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިހާރު އިތުރުކުރަމުން މިދަނީ ޤ.އ. ގެ 255 ގެ (ނ) އާއި (ރ) އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް. ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އެންމެންވެސް އިޙުތިރާމްކުރަން ޖެހޭ! https://t.co/6SV2EcZnyy pic.twitter.com/DLQ68I1T4Z
— Dr. Ahmed Abdulla Didi (@AABDULLADIDI) March 21, 2021
12 މާރިޗު 2020އިން ފެށިގެން ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 4 އޭޕްރިލް 2021ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވަނީ މިމަހުގެ4 ވަނަ ދުވަހުއެވެ. 12 މާރިޗު 2020 އިން ފެށިގެން 30 ދުވަހުން 30ދުވަހުން މިހާތަނަށް އައީ ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތގެ މުއްދަތު އިތުރުކުރަމުންނެވެ. ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮތްކަމަށާއި، އަދި ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވާފައިވާކަމަށް މުއްދަތު އިތުރުކޮށް ނެރުނު ޤަރާރުގައިވެއެވެ.
އެހެންކަމުން ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ ހެލްތު މިނިސްޓަރަށް ދަންނަވާފައިކަމަށް މިޤަރާރުގައިވެއެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 4 އޭޕްރިލް 2021ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމެވުމާއެކު ރާއްޖޭގައި މިޙާލަތު އޮންނަތީ އަހަރެއް ވެގެން މިދިޔައީއެވެ.
ކޮމެންޓު ފޮނުވާ