ސަރުކާރުން ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްގެން، ވަކި ބަޔަކަށް އަމާޒުމޮށްގެން ވައުދުވުމަކީ ލަދުވެތި ހިތާމަހުރި ކަމެއްކަމަށް މާލެސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިފަދައިން މި ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ތާއީދު ކުރައްވާނީ ހަމައެކަނި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާލުވުމާއި ގުޅިގެންނެވެ.
އަލްހާން ވިދާޅުވީ، ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްގެން، ވަކި ބަޔަކަށް އަމާޒުމޮށްގެން ވައުދުވެ، ނިޒާމު ގަޑުބަޑުކުރަމުންދާކަމީ ނުހަނު ލަދުވެތި ހިތާމަހުރި ކަމެއްކަމަށެވެ.
ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްގެން، ވަކި ބަޔަކަށް އަމާޒުމޮށްގެން ވައުދުވެ، ނިޒާމު ގަޑުބަޑުކުރަމުންދާކަމީ ނުހަނު ލަދުވެތި ހިތާމަހުރި ކަމެއް! pic.twitter.com/FWfHZYouOv
— ????? ????? – ?? (@AlhanFahmy) March 21, 2021
ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިންގައި ރިނބުދޫގައި އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވާ މައްސަލާގައި ރައީސް ޞާލިހު ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ނިކުންނަވާ ކެނޑިޑޭޓަކަށް ނޫން ކެނޑިޭޓަކަށް ތާއީދު ނުކުރައްވާނެކަމަށެވެ. އަދި އެގޮތަށް އެއްވެސް ރަށެއްގެ އެއްވެސް އެމްޑީޕީ މެމްބަރަކު އަމަލު ނުކުރެއްވުމަށްވެސް ރައީސް ވަނީ އެދި ވަޑައިގެންފައެވެ.
އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އޮންނާނީ ޕާޓީގެ ކެނޑިޑޭޓުންނަށް. އެގޮތަށް ކުރިހާ ބޭފުުންވެސް އަމަލުތައް ބެހެއްޓެވުން އެދެވެން. އިރާދަކުރެއްވިޔާ އެމްޑީޕީން އަޅުގަނޑުމެންނަށް މިހުރިހާ ގޮޑިތަކެއްވެސް ލިބޭނެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސް ނަޝީދުވެސް ވަނީ އެއްވެސް ދާއިރާއެއްގެ ކެނޑިޑޭޓަކު އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ ކެންޑިޑޭޓަކަށް ނޫން އެހެން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ