ފިރުޝާނާގެ ކާމިޔާބީއަށް ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ފިރުޝާނާގެ ކާމިޔާބީއަށް ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 10:39
0

ފިރުޝާނާގެ ކާމިޔާބީއަށް ދިވެހި ޤައުމު ފަޚުރުވެރިވާކަމަށް ވިދާޅުވެ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙ،ް އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް ކޯހުން ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑް ހާސިލްކުރި ފިރުޝާނާ ތަޢުފީޤަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ވަނީ ފިރުޝާނާއަކީ ސޭންޑްހަރސްޓް ކޯހެއްގައި ބައިވެރިވި ފުރަތަމަ ދިވެހި އަންހެން އޮފިސަރުކަން ފާހަގަކުރައްވާފައެވެ. ދުނިޔޭގައި އެންމެ ދުވަސްވީ އަދި ކުރިއަރާފައިވާ އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް ކޯހުން ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑް ދިވެހިރާއްޖޭގެ ފިރުޝާނާ ތަޢުފީޤް ހާސިލްކޮށްފައިވާއިރު، މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަފަހަރެވެ. އަދި އެ ކޯހުން ފަޚުރުވެރި ވަނައެއް ހާސިލްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

ފިރުޝާނާ ހޯދި މިކާމިޔާބީއައި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ފިރުޝާނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ޤައުމީ ދިފާޢީ ބާރުގައި އަންހެނުންނަށް ގިނަ ފުރުޞަތުތަކެއް މިސަރުކާރުން ހޯދައިދެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައިވެސް ފިރުޝަނާއަށް މަރުޙަބާ ދަންނަވާފައެވެ.

އިނގިރޭސި މިލިޓަރީ އެކެޑަމީގެ ފަޚުރުވެރި ވަނައެއް ރާއްޖޭގެ ފިރުޝާނާއަށް!

ފިރުޝާނާގެ ކާމިޔާބީއަށް ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުޙާބާ ކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.