ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 10:25
0

ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ކޯވިޑްގައި ނިޔާވި މީހަކީ އައިޖީއެމްއެޗްގެ އިމަޖެންސީޢަށް އިތުރު ފަރުވާއަށް ގެންދެވުނު މީހެކެވެ. އޭނާގެ މަރަކީ ކޯވިޑް މަރެއްކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 08:45 ހާއިރުއެވެ. ނިޔާވެފައިވަނީ ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން އެންމެ ފަހުން ކޯވިޑްގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ މަހުގައެވެ. މިދިޔަމަހު އެކަނިވެސް ކޯވިޑް ޖެހިގެން ރާއްޖެއިން 11 މީހަކުވަނީ ނިޔާވެފައެވެ. މިމަހުގެ މިހާތަނަށް 4މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން މިހާތަނަށް ނިޔާވި 66 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖޭގައި މިވަގުތުވެސް 2400 އަށްވުރެ ގިނަ މީހުން އަންނަނީ ކޯވިޑަށް ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލްގައި 107 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 22،000އަށް ވުރެ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.