ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ކައުންސިލަށް ފޯމް ހުށައެޅެނެގޮތް ހަމަޖައްސައިފި

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ކައުންސިލަށް ފޯމް ހުށައެޅެނެގޮތް ހަމަޖައްސައިފި

Author
މުޙައްމަދު ޖިމީ
21 މާރޗް 2021 09:20
0

އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ މީހުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ކައުންސިލަށް ފޯމް ހުށައެޅޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ފަޤީރުންގެ ލިސްޓްގައި ރަޖިސްޓްރީވުމަށް ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ބައެއް ރަށު ކައުންސިލްތަކުގެ ރައީސުންނާއި މަޝްވަރާކުރައްވާފައެވެ.

އެގޮތުން މަޝްވަރާކުރައްވާފައިވަނީ މި ދުވަސްވަރަކީ ކޯވިޑް-19ގެ ސަބަބުން މި ދެ ސިޓީ މޮނިޓަރިންގެ ޙާލަތުގައި އޮތް ދުވަސްވަރަކަށް ވުމާއެކު ފަޤީރުންގެ ދަފްތަރު އެކުލަވާލުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދުއެވެ. އަދި މިކަންކަން ހައްލުކުރާނެ ގޮތްތަކާއި، މި ޙާލަތުގައ ވެސް ކައުންސިލުތަކުން ރައްޔިތުންނަށް އެއްބާރުލުންދީ، މިކަމުގައި ކައުންސިލުތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން ފާހަގަކޮށް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިނިސްޓްރީން ހިއްސާކުރާ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށް ދިނުމަށާއި، މިހާރަށްވުރެވެސް ކައިރިން މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމުން ދިމާވާ ދަތިތައް ހައްލުކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ފަހަރު ފޯމަށް ގެނެވިފައިވާ މުހިއްމު ބަދަލުތަކާބެހޭ ގޮތުންވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓް އަލުން އެކުލަވާލުމަށްޓަކާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިމަހުގެ 21 އިން އަންނަމަހުގެ 21 ގެ ނިޔަލަށް ބަލައިގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މާލެ ސިޓީގައި [email protected] އީމެއިލް މެދުވެރިކޮށް ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގައި ފޯމު ބަލައިގަންނާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.