ޢުމަރު ޢާންމުކުރި ލިޔެކިއުންތައް ޞައްޙަނޫންނަމަ ޖިނަޢީ ދައުވާ އުފުލޭނެ: ޤާނޫނީ ވަކީލް ނިޝާން

ޢުމަރު ޢާންމުކުރި ލިޔެކިއުންތައް ޞައްޙަނޫންނަމަ ޖިނަޢީ ދައުވާ އުފުލޭނެ: ޤާނޫނީ ވަކީލް ނިޝާން

Author
މުޙައްމަދު ޖިމީ
20 މާރޗް 2021 11:06
0

އުތުރު ތިލަފަޅު މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާމަކުރެއްވި ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިއުންތަކަކަށް ނުވާނަމަ އެއީ ޖިނާއީ ކުށަކަށް ވާނެކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލް ނިޝާން މިކަން ހާމަކުރެއްވީ ޤާނޫނުލް އުގޫބާތުގެ ބައެއް މާދާތަކާއި ހަވާލާދެއްވާ އެ މާއްދާތަކުގެ ފޮޓޯއާއެކުއެވެ. އެގޮތުން ނިޝާން ވިދާޅުވީ، އުތުރު ތިލަފަޅުގެ މައްސަލާގައި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ހާމަކުރައްވާފައިވާ ކިޔެކިއުންތައް ޞައްޙަނަމަ ޤާނޫނުލް އުގޫބާތުގެ ދަށުން ކުށް ޖިނާޢީ ވާކަމަށެވެ.

ޤާނޫނުލްއުގޫބާތުގެ 310 ވަނަ ބާބުގައި ވަނީ ޞައްޙަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށުގެ އަދަބެވެ.

ޤާނޫނީ ވަކީލް ނިޝާން މިހެން ވިދާޅުވެފައިވާއިރު، އުތުރު ތިލަފަޅާއި ގުޅޭގޮތުން ޢާންމުކުރި ލިޔެކިއުންތަކަކީ ސއްޙަ އަދި އިންޑިއާ ސަރުކާރުގެ އަތުން ހޯދި ލިޔެކިއުންތަކެއްކަމަށް ޢުމަރު ނަޞީރު ވަނީ ވިދާޅުވެފައެވެ.

އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.

ޢުމަރު ނަޞީރު ވަނީ އުތުރު ތިލަފަޅު އެއްބަސްވުމުގައި ނުރައްކަލެއް ނެތްކަމަށް ސަރުކާރުން ބުނާއިރު، އެއްބަސްވުން އާންމުކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާންވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. މިމައްސަލާގައި ސަރުކާރަށް ބޮޑު ފާޑުކިއުމެއް އަމާޒުވެގއން ދިއުމާއެކު ސަރުކާރުން ވަނީ އެއީ ޞައްޙަ ލިޔެކިއުންތަކެއް ނޫންކަމަށް ބުނެ ޕްރެސްއެއް ބާއްވާފައެވެ. ނަމަވެސް ސަރުކާރަށް އެ ލިޔެކިއުމާއި ގުޅޭގޮތުން ރަނގަޅު ހުއްޖަތެއް ދެއްކިފައިނުވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ. އުތުރު ތިލަފަޅުގެ ލިޔެކިއުންތައް ހާމަކުރި މައްސަލާގައި ޢުމަރު ހައްޔަޔުކުރުމަށްވެސް އެމްޑީޕީގެ މެންބަރުން ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮކުސާ
ސައްހަނޫން ލިޔެކިޔުންތަކެއްކަމަށް ވަނީނަމަ އަސްލު ލިޔެކިޔުންތައް ރައްޔިތުންނަށް ދައްކަދީބަލަ. އޭރުން ރައްޔިތުން ގަބޫލު ކުރާނެ އެއީ އަސްލެސް ނޫންކަން. ކީއްވެތަ ނުދެއްކިގެނ ތި އުޅެނީ. ނުކެރޭނެ ދައްކާކަށް. ހާދަ ބިރެކޭ ގަންނަނީ.