ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ހަތަރު ބޭފުޅުންވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާއިރު، އާއިލާގެ ތެރޭގައި ސިޔާސީ ޚިޔާލުތަފާތުވުން ފެނެއެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރ ޔުމްނާ މައުމޫން ސަރުކާރާއި އިދިކޮޅު ފިކުރުގައި ހުންނެވިއިރު، އެއްމާބަނޑު ކޮއްކޯފުޅު ޔުމްނާ މައުމޫން ހުންނެވީ މިސަރުކާރުގައެވެ.
ކުރީގެ ރައީސް އަދި ބޭބޭފުޅު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ދުންޔާ އަކީ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ނަމަވެސް ރައީސް މައުމޫނާއި ރައީސް ޔާމީންގެ ދެމެދުގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުމުގައި ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ދުންޔާ މައުމޫނާއި ޣައްސާން މައުމޫން ނެންގެވީ ރައީސް ޔާމީންގެ ފަޅިއެވެ. ޔުމްނާ އާއީ ފާރިސް ނެންގެވީ ބައްޕާފުޅުގެ ފަޅިއެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުގެ މަޤާމުގައި ހުންނެވުމަށްފަހު އެކަމަނާ މަޤާމުން އިސްތިއުފާދެއްވިއެވެ. ނަމަވެސް ބައްޕާފުޅު ޖަލަށް ވަޑައިގަންނަވަންޖެހުމުންވެސް ފޮރިން މިނިސްޓަރަކަށް ހުންނެވި ޔުމްނާ މައުމޫން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމާއި ގުޅިގެން އެކަމަނާއަށް ބޮޑެތި ފާޑުކިއުންތައްވެސް އަމާޒުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ނިމި ރާއްޖޭގެ ސިޔާސީ މައިދާނަށް އައި ބޮޑު ބަދަލާއެކު ޔުމްނާ މިހާރު ހުންނެވީ އެމްޑީޕީއާއި އެކު ކޯލިޝަން ހައްދަވައިގެން ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެއްގަިއ ހެރިޓޭޖް މިނިސްޓަރުގެ މަޤާމުގައެވެ. ނަމަވެސްއެއާ ޚިލާފަށް ދުންޔާ ގެންދަވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެކަން ދާދިފަހުންވެސް ފެނިގެން ދިޔައެވެ. ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ މޭޔަރަކަށް އެންމެ ގާބިލް ބޭފުޅަކީ އިދިކޮޅު ޕީޕީއެމް ކޯލިޝްންގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ދުންޔާ މައުމޫން ވިދާޅުވެފައި ވަނިކޮށް، ޔުމްނާ މައުމޫން ތާއީދު ކުރާނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބުދުއްސައްތާރުއަށް ކަން ވަނީ ހާމަކުރައްވާފައެވެ.

ކަން މިހެން އޮތުމާއެކު ގިނަ ބަޔަކަށް ޤަބޫލުކުރެވިފައި އޮތީ ރައީސް މައުމޫންގެ ބޭފުޅުންގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ޔތަފާތުވެފައިވާކަމެވެ. ނަމަވެސް ސިޔާސީ ގޮޕތުން ކިތަންމެ ޚިޔާލު ތަފާތު ވިޔަސް ސޯޝަލް މީޑިއާއަށް ރައީސް މައުމޫންގެ ބޭފުޅުން ދޫކޮށްލައްވާ ފޮޓޯތަކާއި ޕޯސްޓްތަކުން އާއިލީ ގުޅުން ވަރަށް ރަނގަޅަށްވެސް ދައްކުވައިދެއެވެ. އެކަން މީގެ ކުރިންވެސް ވަނީ ފެނިގެން ގޮސްފައެވެ.
Thank you dear sister @dunyamaumoon for being there for me during this very difficult time for our family ❤️ pic.twitter.com/pLJLraRN8r
— Yumna Maumoon (@yumna_maumoon) September 30, 2018
އެގޮތުން އެ ދެބޭފުޅުންގެ އަދިވެސް ބަދަލެއް ނާންނަކަން، ދުންޔާ މިއަދު ވެސް ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން ޔުމްނާ ކުރެއްވި ޓްވީޓެއްގައިވަނީ އެއްމާބަނޑު ކޮއްކޯފުޅަށް އުފަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވާފައެވެ. އަދި އެކަމަނާގެ ހިތްޕުޅުގައި ކޮއްކޯފުޅަށް އޮތް ލޯބި ހާމަކޮށްދެއްވިއެވެ. އެގޮތުން އެއްމާބަނޑު ދައްތައެއް ދިރިއުޅުމުގެ ކަންކަން ހިއްސާކުރުމަށް ހުރުމުން ލިބިވަޑައިގަންނަވާ އުފާ އެކަމަނާ ފާޅުކުރެއްވިއެވެ.
“Life is so much better when you have a twin to share the ride.” Wishing my sister many happy returns of the day! Happy Birthday @yumna_maumoon! ❤️#blessed #sisters #family pic.twitter.com/YqTaQxgOAH
— Dunya Maumoon (@dunyamaumoon) March 20, 2021
ޔުމްނާވެސް ވަނީ ދައްތާފުޅު ޔުމްނާއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އެގޮތުން އެކަމަނާވަނީ އެއްވައްތަރުގެ ހެދުން ތުރުކުރައްވައިގެން ހުރި ފޮޓޯއަކާއެކު ހިތުގެ ލޯބި ހިއްސާކުރައްވާފައެވެ. އެގޮތުން އެބޭފުޅުން ތުއްޕުޅުއިރު މަންމާފުޅު އެ ދެބެން އެއްވައްތަރުގެ ހެދުން ތުރުކުރައްވާކަން ހާމަކުރައްވާ ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
Remember when Mamma made us wear the same clothes when we were little? Twins may not have the same views on everything but the bond is still strong. Happy Birthday to my twin sister @dunyamaumoon! ❤️??? pic.twitter.com/nCpH8wIgor
— Yumna Maumoon (@yumna_maumoon) March 20, 2021
އާއިލާގެ ތެރޭގައި ކިތަންމެ ޚިޔާލު ތަފާތުވުން ހުރިނަމަވެސް އާއިލީ ގުޅުމަށް އެއްވެސް ބަދަލެއް ނާންންކަން ރައީސް މައުމޫންގެ އާއިލާއިން އަބަދުވެސް އަންނަނީ ހާމަކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ