ވިލިމާލެއަށް މިހާތަނަށް ތަރައްްޤީ ލިބިފައިނުވަނީ އެދާއިރާ ތަމްސީލްކުރެއްވި ރައްޔިތުންގެ މަންދޫބުންގެ އިހުމާލުންކަމަށް އެދާއިރާއަށް ކައުންސިލް އިިންތިޚާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާގެ ކެމްޕެއިން ލޯންޗުކުރުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ، ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މައްސަަލަ ބޮޑުކަމަށާއި، ތައުލީމާއި ސިއްހީ ދާއިރާ ވިލިމަލޭގައި އޮތީ ބޮއްސުންލާފައިކަމަށާއި، ވިޔަފާރިއަށް އެދާއިރާގައި ފުރުޞަތެއް ނެތްކަމަށެވެ. އަދި ނުކުޅޭދުންތެރިކަނ ހުންނަ މީހުންނާއި ކުދިންނަށް ބޭނުންވާ ފަރުވާ ނެތްކަމަށާއި، ދަތުރުފަތުރުގެ ނިޒާމުވެސް ދަށްވެފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީފާގެ ފުރުޞަތު ނެތްކަމަށް ވިދާޅުވެ ނަހުލާ ވަނީ ވިލިމާލޭގައި ރަނގަޅުކުރަން ނުޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ.
ވިލިމާލެއަށް ލިބެންވާ ހަގީގީ ތަރައްޤީ ނުލިބުނީ މިހާތަނަށް މިދާއިރާގެ ރައްޔިތުން ތަމްސީލްކުރި މީހުންގެ އިހުމާލުން. އެވާހަކަ ދައްކާތީވެ އެމީހުންގެ މާލީ މަންފާ ލިބިފައިވާ މީހުންގެ އިންޒާރާ ބިރުދެއްކުން އަޅުގަނޑަށް އަޔަސް އަޅުގަނޑު މިވާހަކަތައް ދައްކާނަން. ދޭ އިންޒާރަކަށް ކުރާ ފުރައްސާރައަށް ފަސް ނުޖެހި ހައްގުބަސް އިއްވާނަން.
– ނަހުލާ އަލީ
ނަހުލާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްޤީއަށް މަސައްކަތްކުރި މެންބަރުންގެ ދާއިރާތަކަށް އެފަސް އަހަރުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާކަމަށެވެ. ނަހުލާ ވަނީ އެދާއިރާއަށް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމީން ވިދާލުވުމުންކަމަށާއި، އެއީ ވިލިމާލެއަށް ކުރިއެރުން ގެނައުމަށް ރައީސް ޔަމީން ބޭނުންވާތީކަމަށެވެ. އެ ތަޢުލީމާއި،ީ ގާބިލްކަމާއި ހިތްވަރާއި ކެރުން ހުރިކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ، ފުރުޞަތު ދެއްވައިފިނަމަ ވިލިމާލެއަށް އިހުމާލުވެފައިި އޮތް އޮތުން ނިމުމަކަށްް ގެނެންނާނެކަމަށާއި، ޅުމާލެއެކޭ އެއްގޮތަށްް ތަފާތުކުރުމެއްނެތި ވިިލިމާލޭގެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށެވެ. އަންހެނުނަށް އާމްދަނީ ހޯދައިދެވޭނެ ގޮތތަކާއި،ް ކުޑަކދުިންނާއި ދުވަަސްވީ މީހުންނަށް އެކެށީގެންވާ މާހައުލެއް ޤާއިމްކޮށް ތައުލީމާ ސިއްހީ ދާއިރާ ތަރައްޤިކުރުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ