ޕެޑާއި ބޮޑެތި މީހުންގެ ނެޕީ ހިލޭ ލިބޭނެގޮތް ހަދައިދިނުން އެދި ލަތީފްގެ ސިޓީއެއް މަޖިލީސް ރައީސްއަށް

ޕެޑާއި ބޮޑެތި މީހުންގެ ނެޕީ ހިލޭ ލިބޭނެގޮތް ހަދައިދިނުން އެދި ލަތީފްގެ ސިޓީއެއް މަޖިލީސް ރައީސްއަށް

Author
ޢަލީ އާދަމް
19 މާރޗް 2021 10:43
0

ޕެޑާއި ސިއްހީ ހާލަތު ހުރިގޮތުން ބޮޑެތިމީހުން ބޭނުންކުރަންޖެހޭ ނެޕީ ހިލޭ ފޯރުކޮށްދިނުމަށް އެދި، ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް، ލަތީބެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ސިޓީ އެއް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކޮށް ލަތީފް ފޮނުވި އެ ސިޓީގައި ވަނީ ދިވެހި ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންގެ ތެރެއިން ކަނބަލުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް، ޤާނޫނީ ގޮތުންނާއި ޕޮލިސީތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަން ގިނަކަންވެސް މި ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އެހެންކަމުން ކަނބަލުންނަށް ކޮންމެ މަހަކު ތަބީއީ ގޮތުން ދިމާވާ މައްސަރު ކަންތަކަށް ބޭނުންކުރާ ސެނިޓަރީ ޕެޑު އަދި އުމުރުން ދުވަސްވެ، ސިއްޙީ ހާލަތު ހުރި ގޮތުން ބޭނުން ކުރަން ޖެހޭ ނެޕީ އާސަންދައިގެ ދަށުން ކޮންމެ މަހަކު އެމީހެއްގެ އައިޑީ ކާޑު ބޭނުން ކޮށްގެން ބޭސް ފިހާރަތަކުންނާއި، އާދައިގެ ފިހާރަތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދިނުމަށް، މަޖިލީހުގެ ރައީސާއި، މަޖިލީހުން ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ލަތީފް ވަނީ އެދިލައްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރިއަށްގެންދިޔަ އޮންލައިން ޝޯވް އެއްގައި ލަތީފް ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުކޮށްފިނަމަ، އެ ސިޓީގެ ހުރިހާ އަަންހެނުންނަށް ބޭނުންވާ ޕެޑް ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.