މަސްތުވާ ތަކެތީގެ މައްސަލައެއް ސާބިތުވީ މީހެއް ޢުމުރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި

މަސްތުވާ ތަކެތީގެ މައްސަލައެއް ސާބިތުވީ މީހެއް ޢުމުރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި

Author
ޢަލީ އާދަމް
18 މާރޗް 2021 04:44
0

މަސްތުވާ ތަކެތީގެ މައްސަލައެއް ސާބިތުވެ، ހދ. ހިރިމަރަދޫ ހިޔާވަހި، އަޙްމަދު ނަބިޙު ޢުމުރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ ދަށުކޯޓުން އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމާފައިވާ މައްސަލައެކެވެ. އެގޮތުން ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ އަޙްމަދު ނަބިޙުގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާކަމަށެވެ.

ހިރިމަރަދޫ މެޖިސްޓްރޭޓް އެކޯޓުން މިމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މިމައްސަލަ ނިންމައި ކުރި ޙުކުމްގައި ވަނީ މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނުގެ ދަށުން، އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ޤަނޫނުއަސާސީގެ 51ވަނަ މާއްދާގައިވާ އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމުގައި ކަނޑައަޅާފައެވެ.

އަދި ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ޢުޤޫބާތެއްގެގޮތުން މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނުގެ ދަށުން އަޙްމަދު ނަބީޙު އުމުރަށް ޖަލަށްލުމާއެކު -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.