ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙްގެ ދެކަނބަލުން ބަންގްލަދޭޝަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި4 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖެއާއި ބަންގްލަދޭޝުން މިއަދު ސޮއިކުރީ ދެގައުމުގެ ދެމެދުގައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ އެމްއޯޔޫއަކާއި، ދެގައުމުން ގުޅިގެން އެކުގައި މަސައްކަތް ކުރުމާގުޅޭ އެމްއޯޔޫއެއްގެ އިތުރުން ދެގައުމުގެ މަސްވެރިކަމާބެހޭ ވުޒާރާގެ ދެމެދުގައި ވެވުނު އެއްބަސްވުމަކާއި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް ހިންގުމާގުޅޭ އެއްބަސްވުމެކެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެވީ މި ދަތުރުފުޅުގައި ރައީސްއަރިހުގައި ވަޑައިގެންނެވި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި، ފޮރިން ސެކެޓްރީ އަބްދުލް ޣަފޫރު މުޙައްމަދެވެ.
Agreement Exchange Ceremony between #Maldives and #Bangladesh pic.twitter.com/ARkVTj2VUO
— The President's Office (@presidencymv) March 18, 2021
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ސޮއިކުރުމުގެ މި ރަސްމިއްޔާތުގެ ކުރިން ރައީސް ސޯލިޙާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ބައްދަލުކުރައްވާ ދެ ގައުމު ދުވަސްވީ ގުޅުން މިހާރަށް ވުރެ ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
President of the #Maldives @ibusolih and Prime Minister of #Bangladesh Sheikh Hasina holds bilateral talks pic.twitter.com/x9TbzFhhYI
— The President's Office (@presidencymv) March 18, 2021
މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައްވެސް މިއަދު ހެނދުނު ބޮޑުވަޒީރުގެ އޮފީހުގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ކޮމެންޓު ފޮނުވާ