މި ސަރުކާރުގެ ވެރިންގެ ނަން ތާރީހުގައި ލިޔެވޭނީ ޣައްދާރުންގެ ގޮތުގައި: ޝިޔާމް

މި ސަރުކާރުގެ ވެރިންގެ ނަން ތާރީހުގައި ލިޔެވޭނީ ޣައްދާރުންގެ ގޮތުގައި: ޝިޔާމް

Author
ޢަލީ އާދަމް
18 މާރޗް 2021 02:48
0

އަދުގެ ސަރުކާރުގެ އިސްވެރިންގެ ނަން ދިވެހި ތާރީހުގައި ލިޔެވޭނީ ޢައްދާރުންގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް ވިދާޅުވީ އަދުގެ ސަރުކާރުން ދިވެހިންގެ މިނިވަންކަން ނަގާލަން މި ހިންގާ ޖަރީމާ ދިވެހި ރައްޔިތުން ވަރަށް ގާތުން ބަލަމުން ގެންދާކަމަށެވެ. އަދި މި އަޅުވެތިކަމުން ސަލާމަތްވުމަށް ޕީޕީއެމަށް ވޯޓު ދިނުމަށްވެސް ޝިޔާމް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން އިންޑިޔާގެ އެގްޒިމް ބޭންކްގެ އެހީގައި 34 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމަށް އިޝާރާތްކޮށް ޝިޔާމް ވިދާޅުވީ ވޯޓާއި ދިމާކޮށް މިކަހަލަ ލައްކަ ގިނަ މަންޒަރު މިސަރުކާރުން ދިވެހިންނަށް ދައްކާފައި ވާކަމަށެވެ. އަދި ޤައުމު އަޅުވެތިކަމަށް ހުށަހަޅައިގެން މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރަމުން ގެންދަނިކޮށް ރައްޔިތުން ނުކުމެ ސަރުކާރުގެ އިސްވެރިން ފަހާ ދުއްވައިގަންނަތަން އަދި ފެންނާނެ ކަމަށްވެސް ޝިޔާމް ވިނީ ވިދާޅުވެފައެވެ.

އަދުގެ ސަރުކާރުން ހުރިހާ ކަމެއްގައި އިންޑިއާއަށް ބަރޯސާވެ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭފަދަ އެއްބަސްވުންތަށް އެގައުމާއެކު ހަދަމުން ގެންދާކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.