ކޯވިޑަކީ ނުރައްކާތެރި ބައްޔެއް ނޫކަމަށް ވިދާޅުވަމުން ގެންދެވި ޓެންޒޭނިއާގެ ރައީސް އެބަލީގައި އަވަހާރަ ވެއްޖެ

ކޯވިޑަކީ ނުރައްކާތެރި ބައްޔެއް ނޫކަމަށް ވިދާޅުވަމުން ގެންދެވި ޓެންޒޭނިއާގެ ރައީސް އެބަލީގައި އަވަހާރަ ވެއްޖެ

Author
ހުސެއިން
18 މާރޗް 2021 05:18
0

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފިލި، 61، ކޯވިޑް19 ބަލީގައި އަވަހާރަ ވެއްޖެއެވެ.

ޓެންޒޭނިއާ ރައީސްގެ ޖޯން މަގުފުލިގެ ސިއްޙީ ހާލުކޮޅާއި ގުޅޭގޮތުން އެތައް ސުވާލުތަކެއް އުފެދި އަދި، އާނާ ވީނުވީތަނެއް ނޭގި އެކަމުގެ ކަންބޮޑުވެން އުފެދިައިވާތާ އެތައް ހަފްތާއެއް ވެގެންދިޔަ ފަހުން، ކޯވިޑް19ގައި އޭނާ އަވަހާރަވެއްޖެކަން އިއުލާން ކުރެއްވީ އެގައުމުގެ ނާއިބު ރައީސްއެވެ.

ޓެންޒޭނިއާގެ ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވަމުން އެގައުމުގެ ނައިބު ރައީސް ސާމިއާ ސުލުހު ހަސަން ވިދާޅުވީ، އުމުރުން 61 އަހަރުގެ ރައީސް އަވަހާރަވެފައިވަނީ، އެތައް އަހަރެއްވަންދެ ރައީސް ޖޯން މަގުފުލި ފަރުވާ ހޯއްދަވަމުން ގެންދަވާފައިވާ، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި، އެގައުމުގެ ދާރުއްސަލާމް ހޮސްޕިޓަލުގައި ކަމަށެވެ.

ނާއިބު ރައީސް ހަސްން ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ، އާލާސްކަންފުޅުގައި މިމަހުގެ 6 ވަނަ ދުވަހު ރައީސް މަގުފުލި އެގައުމުގެ ޖަޔަކާ ކިކްވެޓެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާކަމަށެވެ. އެހެންނަމަވެސް، ހާލުކޮޅު ރަގަޅުވެ ފަހުން ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށެވެ. އަދި އަލުން ހާލުކޮޅު ގޯސްވެގެން އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުކަމަށް، ލައިވްކޮށް، ގައުމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ޓެންޒޭނިއާގެ ނާއިބު ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް މަގުފުލި އަވަހާރަ ވެއްޖެކަން އިއުލާން ކުރުމާއިއެކު، އެގައުމުގެ އިދިކޮޅު ލީޑަރު ޒިއްޓޯ ކަބްވޭ ވިދާޅުވެފައި ވަނީ، ނާއިބު ރައީސް ހަސަންއަށް ގުޅުއްވާ އޭނާ ތައުޒިޔާ ވިދާޅުވެފައި ވާކަމަށެވެ.

"އޭނާ މިގައުމުގެ ތަރައްގީއަށް ކޮށްދެއްވި ޚިދުމަތްތައް ތާރީޚުގައި ލިޔެވިގެން ދާނެ،" ރައީސް މަގުފިލި އަވަހާރަ ވުމާގުޅިގެން އިދިކޮޅު ލީޑަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޓެންޒޭނިއާގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސް މަގުފުލު އަވަހާރަ ވުމާ ގުޅިގެން، އޭނާގެ ދައުރުގެ ބާކީ އޮތްތަނުގައި އެގައުމުގެ ރައީސްކަމުގެ މަގާމް އަދާކުރައްވާނީ، އުމުރުން 61 އަހަރުގެ ހަސަންއެވެ.

މަގުފުލި ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތީ ފާއިތުވެދިޔަ އަހަރު ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭނާ އިންތިޚާބުވެ ވަޑައިގެންފައިވަނީ ދެވަނަ ދައުރަށެވެ.

ކޯވިޑް19 އާއިގުޅޭގޮތުން ތަފާތު ގޮތްގޮތަށް އެތަކެއް ވާހަކަތަކެއް ދައްކަވަމުން ގެންދެވި މަގުފުލި އެންމެފަހުން އާންމުގެ ތެރެއިން ފެނިފައިވަނީ، ފާއިތުވެދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

އެއަށފަހު އެގައުމުގެ އިސް އޮފިޝަލުން ގެންދެވީ އޭނާ އުޅުއްވަނީ އާލާސްކަންފުޅާކަމަށް ދެކެވެމުންދިޔަ ވާހަކަތައް ދޮގު ކުރައްވަމުންނެވެ. އެހެންނަމަވެސް، އޭނާ ވަރަށް ބޮޑަށް ބަލިވެ އުޅްވާކަމާއި، އަދި މަގާމް ޒިންމާ އަދާނުކުރެވޭ ވަރަށް ހާލުކޮޅު ދެރަވެފައިވާ ކަމުގެ ވާހަކަތައް ވަނީ އޮންލައިން މީޑިއާތަކުގައި ފެތުރިފައެވެ.

ޓެންޒޭނިއާގެ ރައީސް މަގުފުލި އަކީ ކޯވިޑް19 އަކީ ބިރުވެރި ބައްޔެއް ނޫންކަމުގައި ވިދާޅުވަމުން ގެންދެވި ލީޑަރެކެވެ. އަދި އޭނާ ގެންދެވީ، މިބަލިން ރައްކާތެރިވުމަށް ދުއާ ކުރުމަށާއި، ބައްޔާއި ދެކޮޅަށް، އެގައުމުގައި ބަލިތަކަށް ޒަމާނުއްސުރެއް ކުރަމުންއައި ފަރުވާތަކާއި، އާދަކާދަތަކުގެ ބޭނުންކުރުމަށް ގޮވާލައްވަމުންނެވެ.

ފާއިތުވެދިޔަ އަހަރުގެ ޖޫންމަހުން، މަގުފުލި ވަނީ، ކަލާގެ ވަންތަ ބާރަކުން، ޓޭންޒޭނިއާއިން ކޯވިޑްބަލި ނެތިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ އެއްމަސް ކުރިން، އެއަހަރުގެ އެޕްރިލް މަހުންފެށިގެން އެގައުމުގެ ސަރުކާރުންވަނީ، ކޯވިޑްބަލި ޖެހޭ މީހުންގެ އަދަދު އާންމުކުރުން ހުއްޓާލާފައެވެ.

މަގުފުލި ކުރިންވަނީ މާސްކު އެޅުމަށް ދެކޮޅު ހައްދަވާ، އަދި ލޮކޮޑައުންގެ އުސޫލުތައް އެގައުމުގައި ދެމެހެއްޓުމަށްވެސް ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް އޭނާ އާންމުންގެ ތެރެއިން ނުފެންނަން ފެށިތާ ހަފްތާތަކެއް ކުރިން، އަދި އަވައްޓެރި، ޒެންޒިބާރު ނާއިބު ރައީސް ކޯވިޑް ބަލީގައި އަވާރަވި ޚަބަރު ލިބިވަޑައިގަތުމާއެކު، މަގުފުލި ވަނީ، ޓޭންޒޭނިއާގަވެސް އަދިވެސް ކޯވިޑް19 ފެތުރެމުން ދާކަމަށް ވިދާޅުވެފައެވެ.

ވަނަމަކަށް "ބުލްޑޯޒަރ"ގެ ނަމުން މުޚާތަބްކުރެވޭ މަގުފުލި، 2015 ވަނަ އަހަރު އެންމެ ފުރަތަމަ ޓެންޒޭނިއާގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންފައިވަނީ، ޓެންޒޭނިއާއިން ކޮރަޕްޝް ނެތިކޮށްލާނެ ކަމުގެ ވައުދުތަކާ އެކީގައެވެ. އަދި، އިންތިޚާބުގެ ސައްޙަކަމާމެެދު އެތަކެއް ސުވާލު އުފެދިގެން ގޮސްފައިވާ ދެވަނަ ދައުރަކަށް އޭނާ އިންތިޚާބުވެ ވަޑައިގަތީ ފާއިތުވެދިޔަ އަހަރުއެވެ.

އޭނާގެ ވެރިކަމުގައި، ޑިމޮކްރަސީ ނެތިގެންދާކަމާއި، މީޑިއާގެ މިނިވަން ނެތިކުރުމަށް އެނާގެ ސަރުކާރުން އަމަލުކޮށްފައިވާ ހަރުކަށިކަމުގެ ސަބަބުން، ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ ފާޑިކުއުން އޭނާއަށް ފާއިތުވެދިޔަތަނުގައި ވަނީ ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައެވެ.

ފާޑުވިދާޅުވާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ކޯވިޑް19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ވިދާޅުވެ، އަދި ގައުމު ލޮކްޑައުން ކުރުމަށް ދެކޮޅު ހައްދަވާ، އޭނާ ގެންގުޅެމުންއައި ސިޔާސަތުގެ ސަބަބުން އެގައުމުގެ އެތައްބަޔަކު ވަނީ މިބަލީގައި މަރުވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.