މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށްް ސިފައިންގެ އެހީއާއެކު ގއ. ވިލިނގިއްޔަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ވިލިނގިއްޔަށް ގެންދިޔައީ، އެކެފަރު ކަނޑާއި 9 ނޯޓިކަލް މައިލް ދުރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވި "ހުޝިޔާރު" ދޯނީގައި ހުރި55 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހެނދުނު 9:58 ހާއިރު ކަމަށާއި، ސަދާން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު، އެމީހާ ވިލިނގިއްޔަށް ގެނެވިފައިވަނީ11:55 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ