އިދިކޮޅު ޕީޕީއެމުން އިހުތިޖާޖް ފަށައިފި

އިދިކޮޅު ޕީޕީއެމުން އިހުތިޖާޖް ފަށައިފި

Author
ޢަލީ އާދަމް
16 މާރޗް 2021 05:28
0

އިދިކޮޅު ޕީޕީއެމުން އަޅުވެތިކަމާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖު ފަށައިފި އެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން މިއަދުގެ އިހުތިޖާޖް ފަށާފައިވަނީ އަޅުވެތިކަމާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖެއްގެ ގޮތުގައި އިންޑިއާގެ މިލިޓަރީން ރާއްޖޭން ފޭބުމަށް ގޮވާލަމުންނެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތިން އިހުތިޖާޖް ފެށުމާއެކުު ފުލުހުންވަނީ އިހުތިޖާޖުގެ ބައިވެރިން މަގުމައްޗަށް ނުނުކުމެވޭގޮތަށް ޕީޕީއެމްގެ އޮފީސްތެރެއަށް ވައްދާ، ޕީޕީއެމްގެ އޮފީސް ދޮރުމަތީ ފުލުހުންގެ ސަފު އަތުރާލާފައެވެ.

މިއަދު ބޭއްވި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ބައެއް ބޭފުޅުން ވަނީ މިއަދު އިހުތިޖާޖަށް ނުކުންނާނީ އަދުގެ ސަރުކާރު ދިވެހިރާއްޖެ ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ގެންދިއުމަށް ކުރާ މަސައްކަތްތަކާއި ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ކޯލިޗަން މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މުޅި ރާއްޖޭގައި މި ހަރަކާތް ކުރިއަށްގެންދިއުމަށް ގޮވާލައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.