ސްރީލަންކާގައި ބުރުގާ އެޅުން މަނާކޮށް، 1،000 އަށްވުރެ ގިނަ މުސްލިމް ސްކޫލްތައް ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިއީ، ސްރީލަންކާގެ މުސްލިމުންގެ ބައިމަދު އާބާދީގެ ދިރިއުޅުމުގެ ހާލަތަށް ނޭދެވޭ އަސަރުކުރާގޮތަށް އެގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްރީލަންކާގެ މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކެރާ ވިދާޅުވި ގޮތުގައި، ގައުމީ ސަލާމަތަށްޓަކައި، ބުރުގާ އެޅުން މަނާކުރުމަށް ކެބިނެޓްގެ ހުއްދަ ހޯދުމަށް އެދި އޭނާވަނީ ހުކުރުވަހު ސިޓީގައި ސޮއި ކުރައްވާފައެވެ.
ބުރުގާއަކީ، މުސްލިމުން އައުރަ ނިވާކުރުމަށްޓަކާ ބޭނުންކުރާ ހެދުމެކެވެ.
"މީގެ ކުރީ ޒަމާންތަކުގައި، އަހަރެމެންގެ ގައުމުގެ އަންހެންކުދިން އެއްގޮތަކަށްވެސް ބުރުގާ އަޅާފައެއް ނުވޭ،" މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކެރާ ވިދާޅުވިއެވެ. "އެއީ ދީނީގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ އަލާމާތެއް، އަދި މިއީ ދާދިފަހުން އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކަމެއް. އަހަރެމެން ބުރުގާ އެޅުން މަނާ ކުރާނެ ކަމީ ޔަގީންކަމެއް،" އޭނާ ވިދާޅުވިއެވެ.
Hope the #burqaban doesn't lead to the unnecessary harassment of Muslim women who choose to cover their head. Hope govt makes it very clear and educates the racists what exactly they are banning. Banning is one thing, educating the public another. #SriLanka #lkabansburqa
— Jamila Husain (@Jamz5251) March 13, 2021
ކުރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ބަންދުގައި، 2019 ވަނަ އަހަރު ސްރީލްނަކާގެ ކުރިސްޓިއަނުންގެ ފައްޅިތަކުގައި ބޮން ގޮއްވާލާ 250 މީހުން މަރުވެދިޔަ ހަމަލާތަކަށްފަހު، ކުޑަ ދުވަސްކޮޅަކަށް އޭރުވެސް ސްރީލަންކާގައި ބުރުގާ އެޅުން މަނާކޮށްފައި ވެއެވެ.
އޭރުވެސް ސްރީލަންކާ ސަރުކާރުގެ މިނިންމުމުގެ ސަބަބުން އެގައުމަށް އެތަކެއް ފާޑު ކިއުންތަކެއް އަމާޒުވެގެން ދިޔައެވެ. ގިނަ ބަޔަކު ފާހަގަ ކޮށްފައިވަނީ، މިއީ ސްރީލަންކާގެ މުސްލިމުންގެ ހައްގުތަކަށް އަރައިގަނެ، މިނިވަންކަމާއެކީ ދީނަށް އުޅުން މަނާކުރުމަށް އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގަވެ.
އަދި ހަމަ އެހަރު، ސްރީލަންކާގ އުތުރުގައި ހިގަމުންދިޔަ ޒަމާންވީ އަހުލީ ހަގުރާމައަށް ނިމުން ގެނުވިއިރު، އެގައުމުގެ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ގޮޓަބަޔަ ރާޖަޕަކްސާ ސްރީލަންކާގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތީވެސް، ދީނީގޮތުން ހައްދު ފަހަނައަޅައިދިއުން ހުއްޓުމަކަށް ގެންނާނެ ކަމުގެ ވައުދުތަކާ އެކީއެވެ.
ގޮޓަބަޔަ ރާޖަޕަކްސާގެ ޑިފެންސް މިނިސްޓަރު ކަމުގައި، ސްރީލަންކާގެ އަހުލީ ހަގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވުނު ހަގުރާމާގައި އިންސާނިއްޔަތާ ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވެއެވެ. އެހެންނަވެސް ގޮޓަބަޔަ ވަނީ މިތުހުމަތުތަކަށް ދެކޮޅު ހައްދަވާފައެވެ.
ސްރީލަންކާގެ މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކެރާ ވިދާޅި ގޮތުގައި، އެގައުމުގެ ގައުމީ ތައުލީމީ ސިޔާސަތުތަކާ ފުށުއަރާގޮތަށް ހިންގަމުންދާ 1،000 އަށްވުރެ ގިނަ އިސްލާމިކް ސްކޫލުތައްވެސް ބަންދު އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
"މި ގައުމުގައި ބޭނުންހާ އެއްޗެއް ކުޑަކުދިންނަށް ކިޔަވާ ދިނުމަށް ސްކޫލްތަކެއް ނުހިންގޭނެ،" އޭނާ ވިދާޅުވެފައި ވެއެވެ.
ސްރީލަންކާ ސަރުކާރުން ، ބުރުގާ އެޅުން މަނާކޮށް، އެތައް ސަތޭކަ މުސްލިން ސްކޫލެއް ބަންދު ކުރުމަށް ނިންމާފައިވާއިރު، ފާއިތުވެދިޔަ ތަނުގައި، ކޯވިޑް19ގައި މަރުވާ މުސްލިމުންގެ ހަށިތައް، މުސްލިމުންގެ އާއިލާތަކާ ދެކޮޅަށް އަންދަމުން ގޮސްފައިވާތީ އެތައް ބައެއްގެ ފާޑުކިއުން އެގައުމުގެ ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
އަދި ފަހުން، މަރުވާ މުސްލިމުންގެ ހަށިތަށް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމަށްވެސް، ސްރީލަންކާގެ ސަރުކާރުން މަސައްކަތް ކޮށްފައިވެއެވެ.
އެހެންނަމަވެސް ބައިނަލް އަގުވާމީގޮތުންވެސް އަމާޒުވެގެންދިޔަ އެތަކެއް ފާޑުކިއުންތަކާއެކު، ދާދިފަހުން ސްރީލަންކާގެ ސަރުކާރުން ވަނީ، ކޯވިޑް19ގައި މަރުވާ މުސްލިމުންގެ ހަށިތައް އެގައުމުގައި ވަޅުލުމުގެ ހުއްދަ ދޭނެކަމަށް ބުނެފައެވެ.
One Response
Allaah, sri lanka sarukaaru badhal koh dhevvai muslimun ralkaatheri koh dhevvaashi, aameen