މާދަމާ ލީގުގައި އަވައްޓެރި އެވަޓަންނާ ދެކޮޅަށް ނުކުންނައިރު އެވަޓަންގެ ކޯޗަކީ މޮޅު ކޯޗެއް ކަމަށާއި އެއީ އެންމެނަށް ވެސްއެނގޭ ހަގީގަތެއްކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކުލޮޕް ބުނީ އެވަޓަނުން ލީގުގައި މިހާތަނަށް ދެއްކި މޮޅުކުޅުމުން ހައިރާން ނުވާކަމަށެވެ. ކޯޗެއްގެ ހައިސިއްޔަތުންނާއި އަމިއްލަ ގޮތުން ވެސް އެންޗޮލީޓީއަކީ އެނާ ވަރަށް އިހުތިރާމް ކުރާ ކޯޗެއްކަމަށް ކުލޮޕް ބުނެފައިވެ އެވެ. އޭނާ ބުނީ އެވަޓަންނާ އެންޗޮލޯޓީ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެކުލަބު ވަރުގަދަކުރުމަށް އޭނާ މަސަކަތްކުރާނެ ކަން އެނގުނުކަމަށާއި އިތުރު ވާދަވެރިއެއް އުފެއްދިޖެކަމުގެ އިހުސާސް އެދުވަހު ކުރެވުނު ކަމަށް ކުލޮޕް ބުނެޏެވެ. އޭނާ ބުނީ ފުޓްބޯޅައިގައި ކޮންމެ މެޗަކީވެސް ތަފާތު މެޗެއްކަމަށާއި އަހަރުތަކެއް ވެގެން ދިޔައިރު އެވަޓަން ދަނޑުގައި މޮޅެއް ވެސް އަދި ބައްޔެއްވެސް ވެފަނުވާކަން ކުލޮޕް ފާހަގަކުރިއެވެ.
ގަބޫލު ކުރަންޖެހޭ ހަގީގަތެއް އަހަރުމެންނަށް ގުޑިސަންގައި ކާމިޔާބު ނުހޯދޭތާ އަހަރު ތަކެއް ވެއްޖެކަން. މިހާރު އެޓީމު އެހުރީ ވަރުގަދަ ކޯޗާއެކު ވަރުގަދަކުޅުންތެރިން ތަކެއް. މެޗުން މޮޅުވާން އުނދަގޫވާނެ.
– ޔާގެން ކުލޮޕް
އަމިއްލަ ދަނޑުގައި ކުޅޭޓީމުން ސީޒަނުގެ މިހާތަނަށް ތަފާތު ދައްކަމުންދާކަމަށާއި އެގޮތުން މާދަމާގެ މެޗު އުނދަގޫވާނެކަމަށް ލިވަޕޫލްގެ ކޯޗު ބުނެފައިވެ އެވެ. ހުސްވި ސީޒަނުގައި ވެސް މި ދެޓީމު އެވަޓަން ދަނޑު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.