މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 އަށްވުރެ ގިނަ މައްސަލަ

މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 އަށްވުރެ ގިނަ މައްސަލަ

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2020 09:58
0

ފާއިވެގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ 100 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ޖުމްލަ 238 މައްސަލައެއް ހުށަހަޅާފައިވާއިރު މީގެތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާ ގުޅޭ 106 މައްސަލަ އެއް ވަނީ ހުށަހަޅާފައިވެއެވެ. ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބަށް ބަލާއިރު ކުޑަކުދިންނަށްކުރާ އަނިޔާގެތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިންސީ ހާނިއްކާއިގެ މައްސަލަތަކެވެ. މިބާވަތުގެ 44 މައްސަލައެއްވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުން ކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގެތެރޭގައި ކުދިންގެ އަޚުލާގާ ގުޅުންހުރި 10 މައްސަލައަކާއި އެކިބާވަތުގެ ކުށްކުރާ ކުދިންގެ 2 މައްސަލައަކާއި ކުޑަކުދިންގެ ޙައްގުތަކުން ކުދިން މަޙުރޫމްކުރުމުގެ 10 މައްސަލައެއްވެސް ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހުވަނީ ހުށަހަޅާފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 46 މައްސަލަ ހުށަހަޅާފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ 29 މައްސަލައެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 8 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 2 މައްސަލަ އަދި މާލީ/ އިގުތިސާދީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ އެއް މައްސަލަ ހިމެނެއެވެ.

ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑުކުށެއްގެ ގޮތުގައި ކަނޑައަޅައި މަޖިލީހުން ފާސްކުރި ޤާނޫނީ ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.