ޑިންގީގައި ތިބި މީހުންގެ ޚަބަރެއްވެއްޖެ، ޑިންގީ ދަނީ ފުވަށްމުލަކަށް ދަތުރު ކުރަމުން

ޑިންގީގައި ތިބި މީހުންގެ ޚަބަރެއްވެއްޖެ، ޑިންގީ ދަނީ ފުވަށްމުލަކަށް ދަތުރު ކުރަމުން

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 01:57
0

ފުވަށްމުލަކުން މަހަށް ފުރި ޑިންގީގައި ތިބި މީހުން ޑިންގީގެ ވެރިފަރާތަށް ފޯނުން ގުޅައި، ޚަބަރެއް ވެފައިވާކަމަށާއި، ޑިންގީ މިހާރު ދަތުރު ކުރަމުނދަނީ ފުވަށް މުލަކަށް ކަމުގައި ޑީންގީގެ ވެރިފަރާތުން ހާމަކޮށްފިއެވެ.

ޑީންގީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފްއިން ބުނެފައިވަނީ ޑިންގީގައި ތިބި މީހުން އޭނާއަށް ގުޅައި ވާހަކަ ދައްކާފައިވާކަމަށެވެ. އަދި މިހާރު ޑިންގީ ދަނީ ފުވަށްމުލަކަށް ދަތުރު ކުރަމުން ކަމުގައި އެމްއެންޑީއެފްއިން ޑީންގީގެ ވެރިފަރަތާއި ހަވާލާދީ މައުލޫމާތު ދީފައިވެއެވެ.

ރޭ ފަތިހު 4:30 ހާއިރު މަހަށް ނިކުތް ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެމްންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ފަށައިފައިވަނީ މިއަދު މެންދުރުއެވެ. މި ޑިންގީގައި މަހަށް ނިކުމެފައިވަނީ ކިތައް މީހުން ކަމެއް އަދި މަހަށް ނިކުތީ ކޮން ދިމާލަކަށް ކަމެއް އަދި ހާމަކޮށްފައިނުވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މި ޑީންގީ އިން މަހަށްދިޔަ މީހެއްގެ އާއިލާގެ ފަރާތުން މިއަދު 10:40 ހާއިރުކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މި ޑިންގީއަކީ ހުދު ކުލައިގެ ދަވާދު ލައި، ރަތް ފަށެއް ދަމާފައިވާ 22 ފޫޓު ގެ ޑިންގީއެއްކަމަށް މައުލޫމާ ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ހެލިކޮޕްޓަރާއި، ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ އިތުރުން ސީ އެމްބިއުލާންސްވެސް ހަރަކާތްތެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.