ދޯނި ތެރޭގައި ހިނގި މާރާމާރީގައި ފަރުވާދެމުންދިޔަ މީހާ މަރުވެއްޖެ

ދޯނި ތެރޭގައި ހިނގި މާރާމާރީގައި ފަރުވާދެމުންދިޔަ މީހާ މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 12:25
0

ރޭ ތ.އަތޮޅު ދޯންޏެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ޒަހަމްކޮށްލި ބިދޭސީއަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެން ދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާ މާރީއެއްގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ރޭ 3:50 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގއި 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު ޒަހަމްވި މީހާ އަށް ފަރުވާދެމުން ދިޔައީ ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމީ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް މީގެ ކުޑަ އިރުކޮޅެއް ކުރިންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ދަނީ މިމާރާ މާރީއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގިގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިޔަނި
މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި ބިދޭސީން ގެންގުޅުން ހުއްދަ ތޯ ؟