ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން: މުއިއްޒު

ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2021 10:52
0

މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަން ނުލިބި ދަތި ހާލުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލަތު ގާތުން ބަލައި، އެރަށްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެކަމުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް "މީ މަގޭ ރާއްޖެ" ކެމްޕެއިން ރީލޯންޗު ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްވަމުން ޑރ.މުއިއްޒު ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުން ތަހައްމަލު ކުރަމުންދަނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކަމަށެވެ. ބޯހިޔާވަހިކަމާއި، ވަޒީފާއާއި، ލިބޭ އާމްދަނީއާއި އެނޫންވެސް ކަންކަން ހުއްޓި ރައްޔިތުން ބިކަހާލުގައި ޖެހިފައިވާކަމަށެވެ. މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ދީނީ އަދި ޤައުމީ މައްސަލަތަކަށް ހައްލު ގެނެވޭނީ ކައުންސިލް އިންތިޚާބު ކާމިޔާބު ވެގެން ކަމަށާއި، މިފުރުސަތު ދިވެހި ރައްޔިތުން ހެޔިގޮތުގައި ބޭނުން ކުރުމަށް ޑރ.މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ ވިންދާއެކު ޚިދުމަތް ކުރުމަށް ޕީޕީއެމްގެ ހުރިހާ ކެންޑިޑޭޓުން ނިކުމެތިބީ. އަޅުގަނޑުމެންގެ ފިކުރަކީ ޤައުމީ ދީނީ ފިކުރު. ރާއްޖޭގެ މިނިވަންކަމާއި ދީނީ މިނިވަންކަމަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ. ކައުންސިލް އިންތިޚާބަކީ މިނިންމުން ނިންމަން ރައްޔިތުން އަތަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު. އަޅުގަނޑުމެން މި ނިކުންނަނަކީ ރަށްޔިތުންނާއިއެކު ޚިދުމަތް ކުރުމަށް.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު ތަކުލީފަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައެވެ. ބޯހިޔާވަހިކަން ނުލިބި ދަތި ހާލުގައި ތިބި އެތައް އާއިލާއަަކަށް މިސަރުކާރުން އިޖާބަނުދީ އެބޭފުޅުން ބިކަހާލުގައި ޖައްސަމުންދާކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ ބޯހިޔާވަހިކަމަށް ތަނަވަސް ފުރުސަތު ހޯދައި ދިންނަމަވެސް އެކަން މިސަރުކާރުން ނިގުޅައިގަނެފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަން ފަހިކޮށްދެއްވުމަށް އޮތް އެންމެ ބޮޑު އެއް ވަސީލަތައްވާއިރު ރައްޔިތުންގެ ބަސް އަޑު އެހުމެއްނެތި ބޮލާލައި ޖަހައި ސަރުކާރުން ކުރަމުންދަނީ ވަރަށް ނޭދެވޭ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަން ހައްލުުކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު. މާލެ ސަރަހައްދުގައި އަޅުގަނޑުމެން ދެގޮރުވެރިކަން ގާއިމްކުރުމުގެ ފުރުސަތު ފަހިކޮށް އެކަން ކޮށްދޭނަން. އަޅުގަނޑުމެން މިމަސައްކަތް ނުކޮށް ފަހަތަށް ނުޖެހޭނަން. އިރާދަކުރެއްވިއްޔާ މިކަން ހާސިލް ކޮށްދޭނަން. ގުޅީފަޅަކީ ރައްޔިތުންގެ ހައްގުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ތަނަކަށް ހަދަންޖެހޭ. އެވިސްނުން ބަދަކުކުރަންޖެހޭ.

– މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަން ހާސިލް ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ޓަކިޖަހަންޖެހޭ ކޮންމެ ދޮރެއްގައި ޓަކިޖެހުމަށް ފަސްނުޖެހޭނެކަމަށެވެ. އެކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ އުންމީދާއިއެކުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sithu
ކޮބާސަރުކާރައް ހައްލުކޮށްދެވިފަ . މިހާރުވެސް މުއިއްޒުމެން ފުލެޓް އަޅާފަ ރަޢްޔިތުންނައް ދީފަހުއްޓަ އަތުލާފަ ޕާޓީކުދިންނަށް އެ ބަހާލީ.
ތ ތާޑީ
ގެދޮރުގެ ދަތިކަން މޭޔަރއައް ހައްލެއް ނުކޮއްދެވޭނެ.ރައްޔިތުން ގަޅިޖައްސަން ނޫޅޭ