މުޅި ރާއްޖޭގައި އެއްފަހަރާ "މީމަގޭ ރާއްޖެ" ކެމްޕެއިން ރީ ލޯންޗުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއިއެކު މިރޭ ފެށި ކެންޕެއިން ހަރަކާތަކީ ކުރިއަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ރަސްމީ ހަރަކާތްތައް ފެށުމަށް ބޭއްވި ޖަލްސާއެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެމްޕެއިން މެނޭޖާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މާލޭގައި ބޮޑު ޖަލްސާއެއްބައްވަން ސަރުކާރުން އެއްވެސް ތަނެއް ނުދިނުމުން މިރޭ ޖަލްސާ ކުޑަ ހޯލެއްގައި ބާއްވަން ޖެހުނީކަމަށެވެ.

އިންތިޚާބާއި ދިމާކޮށް ސަރުކާރުން ތަފާތު ފިއްތުން ދައްކައި އިންތިޚާބުން އިދިކޮޅު ކެންޑިޑޭޓުން ބަލިކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް އިދިކޮޅު ކެންޑިޑޭޓުންނަކީ އެއަށްވުރެ މާ އަޒުމް ވަރުގަދަ ޤައުމީ ރޫހު ހުރި ކެންޑިޑޭޓުންކަމަށް މުއާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބަށް އިދިކޮޅުން 12،00 އެއްހާ ކެންޑިޑުން ވާދަކުރާއިރު، އެކެނިޑޭޓުންނށް ދޭންޖެހޭ ހައްގުތައް ފުރިހަމައަށް ލިބެމުން ނުދާކަމަށެވެ. ކެންޕެއިން ކުރުމުގެ ފުރުސަތާއި، ކެންޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށެވެ.
ނަމަވެސް ސަރުކާރުން ދައްކާ ބިރަކަށް އަދި ކުރަމުންދާ ޖެއްސުމަކީ ވޯޓު ފޮށި ދިވެހި ރައްޔިތުން ދައްކާނެ ނަތީޖާއެއް ކަމަށާއި، މިފަހަރުގެ އިންތިޚާބު އިދިކޮޅު ކޯލިޝާނުން ބޮޑުތަކުން ކާމިޔާބު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރީ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ޖަލްސާގައި ދަނީ ބައިވެރިވަމުންނެވެ. އަދި މިޖަލްސާގައި އަތޮޅު ތެރޭގެ އެކި ރަށްތަކަށާއި، ސިޓީތަކުގެ މޭޔަރުންނަށް ވާދަކުރައްވާ ބޭފުޅުން ދަނީ ވާހަކަ ދައްކަވަމުންނެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް އިއުލާން ކޮށްފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ