އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަ ކުރެއްވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ޚިދުމަތް ދިނުމުގެ މަތިވެރި އަޒުމުގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މީ މަގޭ ރާއްޖެ ކެމްޕެއިން ރީ ލޯންޗިން ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިޔުންނަށް ވަރަށް އެއްބައިވަންތަ އެކުވެރި ރަށްޔިތުން ދިރިއުޅޭ ސިޓީއެއްކަމަށެވެ. އައްޑޫ ސިޓީން މިއަދު ފެނިގެންދާ ނާއުއްމީދާއި، ގެއްލެމުންދާ ތަސައްވަރަށް ހެޔޮ ބަދަލު ގެނެވެން އޮތީ ހެޔޮ ނިޔަތުގައި މަސައްކަތް ކުރާ މީހަކަށް އައްޑު ސިޓީގެ މޭޔަރުގެ މަޤާމު ލިބިގެންކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ތަރައްޤީކަމަށާއި، ހުސްވާހަތަކެއް އައްޑޫ ރައްޔިތުން އަހަން ބޭނުން ނުވާކަމަށެވެ. ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫސިޓީއަށް ގެނެސްދެއް ތަރައްޤީ ހުއްޓި ސިޓީގެ ރައްޔިތުންނަށް މިއަދު ނާއުންމީދީ މަންޒަރުތައް ފެނިގެން ދިޔަ ނަމަވެސް އެކަން އަލުން ކުރެވޭނީވެސް ޚިދުމަތް ކޮށްދެވޭ އެފަދަ ޚިޔާލާއި ވިސްނުން ހުރި މީހަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ވަކި ކުލައަކަށް ވަކި މީހަކަށް ބެލުމެއްނެތި ޚިދުމަތްދޭނެ މީހެއްކަމަށާއި، އެމީހަކަށް ވުމަށް އޭނާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މި އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ލަތީފްވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ