ފްލެޓު ނުލިބެގެން މަޖިލީހަށް ދިން މައުލޫމާތު ނަޝީދު ބޭނުން ކުރެއްވީ އެމްޑީޕީ ކެންޕެއިނަށް

ފްލެޓު ނުލިބެގެން މަޖިލީހަށް ދިން މައުލޫމާތު ނަޝީދު ބޭނުން ކުރެއްވީ އެމްޑީޕީ ކެންޕެއިނަށް

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2021 04:57
0

ހިޔާ މަޝްރޫޢުގެ ތެރެއިން ދޫކުރި ފުލެޓުތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފުލެޓު ހައްގުވާ މީހުންގެ ތެރެއިން ފްލެޓް ނުލިބުނު މީހުންގެ މައުލޫމާތު މަޖިލީހުގެ ރަސްމީ ބޭނުމަށް ނެގުމަށްފަހު އެމައުލޫމާތު އެމްޑީޕީގެ ކެންޕެއިނަށް މަޖިލިސް ރައީސް ބޭނުން ކުރައްވައިފިއެވެ.

ހިޔާ ފްލެޓްގެ ހައްގުވެރިންގެ ތެރެއިން އެތައްބަޔަކަށް ފްލެޓް ނުލިބި ދަތި ހާލުގައި މާލޭ ދިރިއުޅޭ މީހުން މަޖިލިސް ކައިރީގައި މުޒާހަރާ ކުރުމުން މަޖިލިސް ރައީސް ވަނީ އެމީހުން މަޖިލިސްތެރެއަށް ވައްދައި އެމީހުންގެ މައްސަލަ ހައްލުކޮށް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުން އެކަމުގައި ވެދެވެން އޮތް އެހޯތެރިކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މަޖިލިސް ރައީސް ވަނީ އެދުވަހުގެ ބައްދަލުވުމުގައި މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މީހުންގެ މައުލޫމާތު އޮޅުން ފިލުވައި އެމީހުންގެ ނަންބަރާއި ގޭގެ އެޑްރެސް އޮޅުންފިލުވާފައެވެ. ނަމަވެސް މިއަދު މަޖިލިސް ރައީސް އެލިސްޓުގެ ބޭނުންކޮށް އެގެތަކަށް ވަޑައިގެންނެވީ ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށްކަމަށް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ރަސްމީ ތަތްގަނޑު ޖެހި ފްލެޓް ލިޔުމުގެ ވާހަކަ ދައުލަތުގެ އެއްބާރާއި ހިއްސާކުރުމުން އޭގެ ބޭނުން މަޖިލިސް ރައީސް ކުރެއްވީ ކަރިއަތް އޮތް ކައުންސިލް އިންތިޚާބަށެވެ. އެގޮތުން ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއިއެކު މަޖިލިސް އިދާރާއަށް ދެއްވި ލިސްޓުގައި ހިމެނޭ ގޭތަކަށް މަޖިލިސް ރައީސް ވަނީ ޒިޔާރަތްކޮށް މައުލޫމާ ތު އޮޅުން ފިލުވާފައެވެ.

ދައުލަތުގެ ނިޝާޖެހި ފްލެޓް ލިޔުމަކާއި ޚިލާފެއް ނުވެވޭނެ، ބަލައިގަންނަން ޖެހޭނެ: ނަޝީދު

މިކަމާ ގުޅޭގޮތުން ޓްވީޓްކުރަމުން ފުލެޓަށް ކުރިމަތިލި ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ "އާންމުންގެ އެކުވެރި ގުޅުން"އިން ބުނީ ފުލެޓު ގެއްލުނު ފަރާތްތަކުގެ ގެތަކަށް ރައީސް ނަޝީދު ވަޑައިގަތުމުން ކަންހިނގި ގޮތް ކިޔައިދޭން އެދޭކަމަށެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީގެ މޭޔަރުކަން ނުލިބިދާނެ ކަމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ދަނީ ގިނަ މަސައްކަތަކެއް މާލެ ސިޓީއަސް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ގިނަ ވައުދުތަކެއް ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިނބޫ
rayyithunge nikamethikamaai majubooreege faidhaa mimeehun nagaa hadi mududhaaru gothuge misaaleh mives. dhivehin hey araakah nuveytha!?