ފަތުރުވެރިން ތަކެއް ރާއްޖެއަށް އެތެރެވަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 ލައްކައަށް

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 ލައްކައަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 2 ލައްކަ އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 200،871 ޒިޔާރަތް ކޮށްފައެވެ. އެއީ ޖަނަވަރީ މަހު 92،103 ފަތުރުވެރިން، ފެބްރުވަރީ މަހު 96،881 ފަރުރުވެރިން އަދި މި މަހުގެ ފުރަތަމަ 4 ދުވަސްތެރޭ 11،886 ފަތުރުވެރިންނެވެ. ތަފާސް ހިސާބުތަށް މިގޮތަށް ހުރި އިރު މިއަހަރުގެ މިހާތަނަށް އެވްރެޖް ގޮތެއްގައި ދުވާލަކު 3،188 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ އެއް ވަނާގައި އަހަރު ފެށުނީއްސުރެ އޮތް ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ މި ލިސްޓުގެ އެއްވަނައަށް ޖެހިލައި ފަތުރުވެރިންގެ އަދަދުތަކުގެ ފަރަގު އަންނަނީ ބޮޑުކުރަމުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އިންޑިއާގެ 46،541 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި ރަޝިއާއަށް ނިސްބަތްވާ 42،417 ފަތުރުވެރިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ޗުއްޓީ ހޭދަކޮށްފައި އެނބުރި ދާ ފަތުރުވެރިން ތަކަކަށް އަލްވަދާއު ކިޔަނީ – ފައިލް ފޮޓޯ: ލަކްސް މޯލްޑިވްސް

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *