ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 51 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ރާއްޖެއިން 51 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިވި މީހުންގެ އަދަދު ވަނީ 11،113 އަށް އަރާފައެވެ.
އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 51 މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. އަދި 18 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ އަދަދުވަނީ 11،113 އަށް އަރާފައެވެ.
✳️ COVID-19 Case Updates
As of 15.10.2020, 06:00 PM
Confirmed an additional 51 cases of COVID-19 infections in Maldives
– 33 Locals
– 18 ForeignersTotal number of cases: 11,113 pic.twitter.com/n1aCtPZ7bA
— Health Protection Agency (@HPA_MV) October 15, 2020
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 51 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9،931 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ