އޭފްއެފްސީ "ބީ" ލައިސަންސް ހުއްދަ ޝާޒްލީ އަދި ޑުންގާއަށް

އޭފްއެފްސީ "ބީ" ލައިސަންސް ހުއްދަ ޝާޒްލީ އަދި ޑުންގާއަށް

ގުޅުންހުރި

އޭއެފްސީ ބީ ލައިސަންސް ކޯޗިން ކޯސް ހިންގުމުގެ ހުއްދަ ލިބުނު ރާއްޖޭގެ ފުރަތަމަ ދެ އިންސްޓްރަކްޓުންނަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަހުމަދު ޝަރީފް (ޑުންގާ) ވެއްޖެ އެވެ.

އެފްއޭއެމުން މިކަން ހާމަކޮށް ބުރާސްފަތިދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީ ކޯޗިން ކޮންވެންޝަންގެ ދަށުން އޭއެފްސީ ކޯޗިން “ބީ” ލައިސަންސް ކޯސް ހިންގުމުގެ ހުއްދަ އެފްއޭއެމަށް ލިބިފައިވާ ކަމަށެވެ. މި ހުއްދައާއެކު މިހާރު އޭއެފްސީ އެފްރޫވް ކުރާ “ބީ” ލެވަލްގެ ސެޓްފިކެޓް ރާއްޖޭގެ އެފްއޭއަށް އެފްރޫވް ކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

އެފްއޭއެމް އަށް މި ހުއްދަ ލިބިގެންދިޔައީ ރާއްޖޭގައި ތިބި އޭއެފްސީގެ ދެ އިންސްޓްރަކްޓުންކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަހުމަދު ޝަރީފް (ޑުންގާ) ދާދި ފަހުން ހިންގި “ބީ” ލައިސަންސްކޯސް އޭއެފްސީން ބަލާ މިންގަނޑަށް ހިންގާފައިވާތީ އެވެ.

މިހުއްދަ ލިބުމުގެ ކުރިން އޭފްސީ ގަބޫލުކުރާ “ބީ” ލައިސަންސް ހިންގާނަމަ އޭއެފްސީން އެކޯސް މޮނިޓަރ ކުރަން މަންދޫބަކު ފޮނުވާނެއެވެ. އަދި ކޯސް އެމިންގަނޑަށް ފެތޭނަމަ އޭއެފްސީން އެކޯސް އެޕްރޫވް ކުރާނެއެވެ. ނަމަވެސް މިހާރު އޭއެފްސީން މަންދޫބަކު ނައިސް ރާއްޖޭގައި “ބީ” ލައިސަންސް ކޯޗިން ކޯސް ޝާޒް އަދި ޑުންގާގެ ބެލުމުގެ ދަށުން އެފްއޭއެމް އަށް ކުރިޔަށް ގެންދެވޭނެއެވެ.

ޝާޒްލީ އަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗެވެ. ޑުންގާގެ އަތުގައި އޭއެފްސީ ކޯޗިން “އޭ” ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސްއޮވެއެވެ.

ރާއްޖެ އަށް މި ހުއްދަ ލިބުމާއެކު ރާއްޖެ ވެގެން ގޮސްފައިވަނީ މިސަރަހައްދުން ކޮންވެންޝަނަށް އެޕްރޫވްވި ތިން ވަނަ ގައުމަށެވެ. މިސަރަހައްދުން ދެން މި ހުއްދަ ލިބިފައިވަނީ އިންޑިއާ އާއި ބަންގުލަދޭޝް އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *