އައިއޯއައިޖީގެ މަޝްވަރާތަކެއް އެމްއޯސީން މިނިސްޓަރާއި ކުރައްވައިފި

އައިއޯއައިޖީގެ މަޝްވަރާތަކެއް އެމްއޯސީން މިނިސްޓަރާއި ކުރައްވައިފި

ގުޅުންހުރި

ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އާއި ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފްއާއި މަޝްވަރާކުރައްވައިފި އެވެ.

ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްއޯސީގެ ހިންގާ ކޮމިޓީގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެމްއޯސީ އާއި ބައްދަލުކުރުމުގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އައިއޯއައިޖީ އާއި ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކޮށްފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ ހާލަތާއެކު ގޭމްސްއަށް އަމާޒުކުރި ބޮޑެތި މަސައްކަތް ހުރީ ނުފެށިއެވެ. އެއާއެކު ސަރުކާރުން ދަނީ ގޭމްސް ބޭއްވޭނެ އިތުރު ގޮތްތަކެއް އޮތްތޯ ބަލަން ފަށާފައެވެ. އެގޮތުން 2023 ގައި ބާއްވާ ގޭމްސް ފަސްކުރުމަށް ނުވަތަ މި ގޭމްސް ދޫކޮށް ދެން އަންނަ ގޭމްސް ރާއްޖޭގައި ބޭއްވުމަށް ގޭމްސްގެ ކޮމެޓީއަށް ހުށައެޅުމަށް ނިންމާފައިވެއެވެ.

ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި މި ސަރަހައްދުގެ އެންމެ ބޮޑު މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ