ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ޗައިނާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބެވިކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ސަފީރާއި، ޗައިނާގެ ގިނަ އޮފިޝަލުން ތަކަކާއިއެކު ރާއްޖޭގެ ޚާރިޖީވަޒީރާއި މާލީވަޒީރު ބައިވެރިވެ ވަޑައިގެން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުމަށްފަހު ސަފީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ސަރުކާރުން ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް ތިބިކަމަށް ސަފީރުވަނީ ވިދާޅުވެފަ އެވެ.
Very good meeting with Foreign Minister @abdulla_shahid and Financial Minister @iameeru on cooperative response on post-covid economic recovery.
China is committed to more support and fruitful co-op to benefit more people. https://t.co/g4k5uUfd1u— Amb. Zhang Lizhong (@AmbassadorZhang) October 15, 2020
ޗައިނާގެ އިސް އޮފިޝަލުންނާއި ދިވެހި ސަރުކާރުގެ އިސްއޮފިޝަލުން ބައްދަލު ކުރައްވާފައިވާއިރު، ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކޮށް ދިނުމަށާއި، ލޯނުތަކުގެ ގްރޭސް ޕީރިއަޑުގެމުއްދަތު އިތުރުކުރުމަށް މަޝްވަރާ ކުރަނަޖްހޭކަމަށް މަޖިލިސް ރައީސް ވަނީ މިހަފްތާގައި ވިދާޅުވެފަ އެވެ. ޗައިނާއިން ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ބޮޑު ލުޔެއްވެސް ދެއްވާފައެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19 އަށްފަހު އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ޗައިނާއާއެކު އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު މަޝްވަރާ ކުރައްވައިފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޗައިނާއިން ދަނީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާކަމަށެވެ. ޕެންޑެމިކްގެ ތެރޭގައިވެސް ޗައިނާ ސަރުކާރާ ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއިއެކު ގާތް ގުޅުމެއް އޮތް ނަމަވެސް މިސަރުކާރު އައިފަހުން ޗައިނާއާއިއޮތް ގުޅުން ވަރަށްބޮޑަށް ވަނީ ހީނަރުވެފަ އެވެ. މިހާރުގެ ސަރުކާރުން ޗައިނާ ދުރުކޮށް އަވަށްޓެރި އިންޑިޔާއާއި ގުޅުން ގާއިމްކުރަމުންދާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
ކޮމެންޓު ފޮނުވާ