އިއްޒަތްތެރި މެމްބަރުންގެ ޒަވާޖީ ހަޔާތުގެ އާފެށުންތަކެއް

އިއްޒަތްތެރި މެމްބަރުންގެ ޒަވާޖީ ހަޔާތުގެ އާފެށުންތަކެއް

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 05:12
0

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ ޒަވާޖީ ހަޔާތުގެ އާފެށުންތަކެއް މިދުވަސްވަރު ވަނީ ފެންނަލެއް ގިނަވެފަ އެވެ.

މެމްބަރުންންގެ ތެރެއިން އެންމެފަހުން ކައިވެނި ބައްލަވައިގެންފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބްވެ ވަޑައިގެންނެވި މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އެވެ. ހައިތަމް ކައިވެނި ބައްލަވާގެންފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ހައިތަމްއާއި އަނބިކަނބަލުންނަކީވެސް މީގެ ކުރިން ކައިވެއްޏެއް ކުރައްވާފައިވާ ދެބޭފުޅުންނެވެ. ގާތްގާތުގައި މެމްބަރުންގެ ކައިވެނިތަކެއް ފެންނަމުންދާއިރު ގިނަބައެއްގެ ސަމާލުކަންވެސް މި ކައިވެނިތަކަށް ވަނީ ހުއްޓިފައެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މާގިލީދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ ކައިވެއްޏަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ކައިވެއްޏެވެ.

ޤާސިމްގެ ކައިވެންޏަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ އެމަނިކުފާނު ކައިވެނި ބައްލަވައިގެންއިރު މިސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ނަހުލާ އަކީވެސް ޤާސިމްގެ އަނބިކަބަލެއްކަމުގައިވުމެވެ. ގާސިމާއި މިނިސްޓަރު ނަހުލާގެ ކައިވެންޏަށް މިހާރު ވަނީ 13 އަހަރު ވެފައެވެ. ދެކަނބަލުންނަށް ވަނީ ހަބޭފުޅަކު ލިބިވަޑައިގެންފައި ވެއެވެ. ޤާސިމް އެންމެ ފަހުން ކައިވެނި ބައްލަވައިގަތީ 23 އަހަރުގެ ޒުވާން ކަނބަލަކާއެވެ.

ޤާސިމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ ދާދިފަހުން ކައިވެނި ބައްލަވައިގެންފަ އެވެ. ސަލީމަކީވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބްވެ ވަޑައިގެންފައިވާ އެމްޑީޕީއަށް ނިސްބަތްވާ މެބަރެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.