މާލެ ސިޓީ ކައުންސިލުން އަންނަ މަހު ރައްޔިތުންނާ ބައްދަލުކުރަނީ

މާލެ ސިޓީ ކައުންސިލުން އަންނަ މަހު ރައްޔިތުންނާ ބައްދަލުކުރަނީ

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2021 12:44
0

މާލޭގެ ރައްޔިތުންނާއި އަންނަ މަހު ބައްދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އަންނަ މަހުގެ 8 ވަނަ ދުވަހު މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމާފައިވާކަމަށާއި، އެ ބައްދަލުވުން އޮންނަނީ ޒޫމް މެދުވެރިކޮށްކަމަށެވެ. މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނާ ޙިއްސާ ކުރުމަށް ކޮންމެ އަހަރަކު ދެފަހަރު، ބައްދަލުކުރުން ލާޒިމްކުރެއެވެ.

އަންނަ މަހު ބާއްވާ ބައްދަލުކުރެއްވުމަކީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެއްވުންތައް ބޭއްވުން މަނާކޮށްފައިވާތީ މިމަހު އެ ބައްދަލުވުން ބޭއްވިފައި ނުވާތީ ބާއްވާ ބައްދަލުވުމެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވަނީ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ޖުލައި މަހުގައި ބާއްވާ ޢާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންވާނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ ހަތް ދުވަސް ކުރިން ރިޕޯޓުތަކާއި، ޕްލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ހާމަކުރަންވާނެކަމަށްވެސް ލާމަރުކަޒީ ޤާނޫނުގައިވެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމީހުން އެއްމަހު
ކައުންސިލުން ޢާންމުކޮށް ހާމަކުރަންވާނެކަމަށްވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަންނަ މަހު ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން ޕަބްލިކް ސާވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ހަމަޖެހިފަވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.