ވެރޯނާ އަތުން ޔުވެންޓަސްއަށް މޮޅެއް ނުވެވުނު

ވެރޯނާ އަތުން ޔުވެންޓަސްއަށް މޮޅެއް ނުވެވުނު

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 10:49
0

އިޓާލިއަން ލީގުގައި ރޭ ވެރޯނާ އިން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ 1-1 އިން އެއްވަރުކޮށްފި އެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ޔުވެންޓަސް އަށް ލީޑުނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗުގެ 49 ވަަނަ މިނިޓްގައި ރޮނާލްޑޯ މި ގޯލު ޖެހީ ފެޑެރީކޯ ޗިއޭސާ ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރު ލީގުގައި ރޮނާލްޑޯ ޖެހި 19 ވަނަ ގޯލެވެ. އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ރޮނާލްޑޯ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ހެލަސް ވެރޯނާ އިން އެއްވަރުކުރީ މެޗުގެ 77 ވަނަ މިނިޓްގައި އެންޓޮނިން ބަރަކް ބޮލުން ޖެހި ގޯލަކުންނެވެ. އެ ޓީމު މޮޅުކޮށްދޭން ޑާކޯ ލާޒޮވިކް ބޮލުން ޖެހި ބޯޅަ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ވެރޯނާ ލީގުގެ ނުވަ ވަނައިގައި އޮތީ 23 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

އިންޓަ މި ވަގުތު އެއް ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާން އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް 23 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.