ބިލިއާޑް ހޯލްގެ ވީޑިއޯ ހިއްސާކުރުމަށްފަހު މިނިސްޓަރ ވިދާޅުވަނީ މިއީ ކޯވަރެއްކަމަށް

ބިލިއާޑް ހޯލްގެ ވީޑިއޯ ހިއްސާކުރުމަށްފަހު މިނިސްޓަރ ވިދާޅުވަނީ މިއީ ކޯވަރެއްކަމަށް

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 08:37
0

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ހޯލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމަށްފަހު ހޯލްގެ ވީޑިއޯއެއް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ހިއްސާ ކުރައްވައިފިއެވެ.

މިހޯލް ތަރައްޤީ ކުރައްވާފައިވަނީ 12 ބޯޑުގައި އެއްފަހަރާ ކުޅެވޭ ގޮތަށް، އަދި އެހެން މީހުންނަށްވެސް އެތަނުގައި ތިބެވޭ ގޮތަށެވެ. މިނިސްޓަރ މަހުލޫފް ވިދާޅުވީ މިއީ އެމަނިކުފާނު ކުޅިވަރުގެ ދާއިރާއަށް ގެނެސްދެއްވާ ކުރިއެރުންތަކުގެ ކުޑަ މިންވަރެއްކަމަށެވެ. އަދި މިކަމުގައި ބިލިއާޑް އެސޯސިއޭޝަންގެ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަޅުގަނޑުމެން ކުޅިވަރަށް މިގެންނަ އިންގިލާބީ ބަދަލުން މިއީ ކޯވަރެއް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހުޅުވޭނެ. ޕޫލް ބިލިއާރޑް އިން ކޮށްދީފައިވާ ފުރިހަމަ ޗާލު މަސައްކަތަށް ޝުކުރިއްޔާ. މި ބޯންދެނީ އަދި ކޯރެއް.

– މިނިނސްޓަރ މަހުލޫފް ވިދާޅުވިއެވެ. 

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓރަ މަހުލޫފް ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

މަޙްލޫފް ވިދާޅުވީ މި ފެސިލިޓީއާއެކު ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ގާބިލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ފެސިލިޓީގެ މަސައްކަތް ނިމުމާއެކު ބިލިއާޑް ވޯރލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑް ކުރެވޭނެ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި ބިލިއާޑް ކުރިއެރުވުމަށް މި ސަރުކާރުން މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާއިރު، އެގޮތުން ކުޅިވަރާ ބެހޭ ވުޒާރާގެ އެހީއާއެކު ވަނީ ރާއްޖޭގެ ގައުމީ ބިލިއާޑް ޓީމަށް ފުރަތަމަ ފަހަރަށް ބޭރުގެ ކޯޗެއް ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.