ޕާކިން ސްލޮޓް މަގުމަތިން ދޫކޮށް އެތަންތަނަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނެގޮތް އަންނަ އަހަރުން ފެށިގެން ހަމަޖެހިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ދިރާސާކުރުމުގެ މަސައްކަތްކުރުމަށް ކުރަމުންދާ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި ކުރިން ނުރަނގަޅު ކަންކަން ހިނގާފައިވާކަމަށާއި، އެކަން އިސްލާހުކުރުމުގެ ގޮތުން މާލެ ސިޓީކައުންސިލުން ގަރާޖެއް ރަޖިސްޓްރިކުރުމަށްފަހު އެތަނަށް ހުއްދަދިނުމުން އެއީ ރަނގަޅުތަނެއްތޯ މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު ވެހިކަލަށް ހުއްދަދެމުން އަންނަކަމަށެވެ.
ޝިމާޒް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލޭގައި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅަ އެތަންތަނަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އެގޮތުންމާލޭގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ ވަކި ޚާއްޞާ ސަރަހައްދުތަކެއް ކަނޑައެޅިފައިވަކަމަށްވެސްއޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ ވަކި ސަރަހައްދުތަކެއް މިވަގުތުވެސް އެބަހުރި ކަންނެ އައިޑެންޓިފައި ކުރެވިފަ ރަޖިސްތްރިކޯށްދެވޭނެ. އަންނަ އަހަރު ހަމަ ޖެނުއަރީ މަސްތެރޭގައި ފެށުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން މިދަނީ ޕްލޭނިން މިނިސްޓްރީގެ މަޝްވަރާގެ މަތިން. އެތަންތަނުން ޕާކިން ސްލޮޓްތަކެއް މިދޫކުރަނީ އެތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭގޮތަށް. އެހެންވީމަ އެ އސްލާހު އެގޮތަށް އައީމަ ހީވަނީ ރަޖިސްޓްރީކުރުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް.
-ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ޓްރެފިކް ޕޮލިސް ހިންގެވުމާއި ހަވާލުވެހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، މާލޭގެ ރަށްވެހިން ނޫން ފަރާތްތައް ނުވަތަ އަތޮޅުތަކުން މާލެ އައިސް ދިރިއުޅޭ މީހުންނަށްވެސް މާލޭގެ މަގުމަތީގައި އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އިޞްލާހު ގެނެވޭނެކަމަށެވެ. އަދި މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެގޮތަށް މަގުމަތީގެ ސްލޮޓްތަކަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އިސންތިޒާމް ހަމަޖެއްސުމުގެ މުހިންމުކަން ސަމީރު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާލުވީ މާލޭގައި އުޅަނދު ރަޖިސްޓްރީކުރުމަށް ސްލޮޓް ދޫކުރެވިދާނެ ބައެއް ސަރަހައްދުތައް ކަނޑައެޅިފައިވާކަމަށާއި، އެގޮތުން ބުރުޒު މަގުން ދެކުނުގައި ޕާކް ކުރެވޭނެ ތަންތަން މިހާރު ދެނެގަނެވިފައިވާކަމަށެވެ. އޭގެތެރޭގައި 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޯށް ޕާކު ކުރެވޭނެ 311 ތަނަކާއި ސައިކަލު ޕާކުކުރެވޭނެޕާކުކުރެވޭނެ 11 ހާސް ތަނެއް މިހާރު ފާހަގަކޮށްފައިވާކަމަށެވެ. މިބައްދަލުވުމުގައިވަނީ ރަޖިސްޓްރީކޯށްގެން ޕާކްކުރެވޭނެ ތަންތަން ކަނޑައެޅުމުން ފީ ނުދައްކާ މައްސަލައަށް ޙާއްލެއް ގެނައުމަށްވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ސަމީރު ވިދާޅުވީ، ސްލޮޓްތަކަށް ރަޖިސްޓްރީ ފީ ނުދައްކައިފިނަމަ އެއުޅަނދެއް ޓޯވކުރުމާއި ނުވަތަ އަޅަނެ އެހެން ފިޔަވަޅެއްވެސް ކަނޑައެޅުން މުހިންމުކަމަށެވެ.
ގެއެއްގަ އެމީހެއްގެ އަމިއްލަ ގަރާޖެއް ނެތް ހާލަތެއްގައި އުޅަނދެއް ބޭނުންކުރަން ވެއްޖެކަމަށްވާނަމަ މަގުމަތިން ސިޓީ ކައުންސިލުން ދައްކާ ސްލޮޓަކުން އެމީހެއްގެ އުޅަނދު ރަޖިސްޓްރީވެގެން ދިއުމަކީ މިކަންކަމަށް ފަސޭހަވެގެންދާނެކަމެއް. އެއެޅަނދެއް ފައިސާ ނުދައްކާތާ 6 މަސް ވެއްޖެނަމަ ޓޯވ ކުރުމާއި ނޫނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން. ފައިސާ ނުދައްކާފިއްޔާ ހަދަނެގޮތެއް އިތުރު ގޮތެއް ކަނޑައެޅުން ވަރަށް މުހިންމު. ހައްލެއް ވަރަށް މުހިންމު ގަރާޖެއް ނުވަތަ ބަންޑަރ މަގެއް ނުވަތަ ގެއެއްގަ ރަޖިސްޓްރީވެގްން ވިޔަސް.
-ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވިއެވެ.
އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލަ ބޮޑުވެފައިވާއިރު އެފަދަކަންކަން މިހާރު ހުއްޓުވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ