20 އަހަރަށްވުރެ ގިނަ ދުވަސްވީ ވެހިކަލް ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ!

20 އަހަރަށްވުރެ ގިނަ ދުވަސްވީ ވެހިކަލް ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ!

Author
މުޙައްމަދު ޖިމީ
15 އޮކްޓޯބަރ 2020 12:05
0

މާލޭގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލު ދިރާސާކުރައްވަމުން ގެންދަވާ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މިހާރު ޤާނޫނު އޮންނަ ގޮތުން ގިނަދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމަށް ތަންނުދޭކަމަށާއި، ނަމަވެސް ޤާނޫނަށް ގެނަނަ އިޞްލާހުން އެކަމަށް ހައްލެއް ލިބޭނެކަމަށެވެ.

ޝިމާޒް ވިދާޅުވީ މާލޭގައި ހަތަރު ފުރޮޅުލީ 7 ހާހަށްވުރެ ގިނަ އުޅަނދު އެބައޮތްކަމަށެވެ. އޭގެތެރޭގައި ޕިކަޕާއި ޖިޕާއި ކާރު ހިމެނޭކަމަށާއި، ވެހިކަލް އެތެރެކުރެވޭނެ ލިމިޓެއް ކަނޑައަޅާއިފިނަމަ އަންނަ އަހަރުވެސް އުޅަނދެއް އެތެރެނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވެހިކަލްތަކުގެ ޢުމުރު ކަނޑައަޅާ ނައްތާލުމުގެ މަސައްކަތް ފަށައިފިނަމަ އެކަމަށް ހައްލެއްލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން 20 ނުަވަތ 30 އަހަރުވެފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށް ޝިމާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމިންގަނޑުން ބަލައިފިނަމަ 100 އަށްވުރެ ގިނަ ޓެކްސީވެސް ނައްތާލަން ޖެހޭކަމަށާ، ނަމަވެސް އެއީ ވަރަށް ގިނަ ބައެއްގެ އާމްދަނީއާއި ގުޅިފައިވާ ކަމަކަށްވާތީ ލޯނު ސްކީމެއްގެ ދަށުން ޓެކްސީ ގަންނަން ދޫކުރާނެ ލޯން ސްކީމެއްވެސް އަންނަ އަހަރު ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެސް ޝިމާޒް ވިދާޅުވިއެވެ.

20 އަހަރަށް ނުވަތަ 30 ވެފައިވާ ވެހިކަލް ނައްތާލުމުގެ ޕްރޮޖެކްޓް އަންނަ އަހަރު ފަށަން އެބަ ފުލުހުނާއެކު ގުޅިގެން. އޭގެތެރޭގައި ގާތްގަނޑަކަށް 100 ކޮންމެސްވަރަކަށް ޓެކްސީވެސް މިހާރު އޭގެތެރޭގައި ޢުމުރު ހަމަވެފައިވޭ .އެހެންވީމަ އެއެއްޗެހި ނައްތާލާފަ ކުރިއަށްދާއިރު ހައްލެއްލިބޭނެ. ވަރަށް ގިނަ ބައެއްގެ އާމްދަނީގެ ވާހަކަ މިދައްކަނީ. ތެކްސީ ނައްތާލުން. އެކަމަށް މަޝްވަރާކުރެވި އިކޮނޮމިކް މިނސިްޓްރީއާއެކު ޓެކްސީ ޑްރައިވަރުންނަށް ލޯން ސްކީމެއްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ޓެކްސީ ދުކުރުންވެސްކުރިއަށް އެބަދޭ އަންނަ އަހަރު ތެރޭ ކުރިއަށްދާނެ.

-ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވިއެވެ.

ޝިމާޒް ވިދާޅުވީ އުޅަނދު އެތެރެކުރުމަށް ހުއްދަ ދޫކުރެވޭނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގެ ސައިޒަށާއި ޕާކިން ކެޕޭސިޓިއަށް ބެލުމަށްފަހު ވެހިކަލް އެތެރެކުރެވޭނެ އުސޫލެއް ޤާއިމްކުރުމުގެ ވިސްނުން މިނިސްޓްރީގެ ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މާލެސަރަހައްދާއި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން އެކި މައްސަލަތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް ގިނަ ދުވަސްވީ އުޅނަދުތައް ގިނަވުމުގެ ސަބަބުން ތަފާތު އެކި ހާދިސާތައްވެސް ހިނގަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.