މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް އައިޖީޢެމްޗުން ބުނެފިއެވެ.
ރޭ ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއްގައި، ފަހަތުން އައި ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވެއެވެ. އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެލިބުނު ޢުމުރުން 43 އަހަރުގެ އަންހެން މީހާގެ ހާލު ސީރިއަސްކަމަށާއި، އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންކަމަށެވެ. އަދި އޭނާއަށް އޮތީ އޮކްސިޖަން ގުޅާފައިކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ.
ފުލުހުން ވިދާޅުވި ރޭގެ އެކްސިޑެންޓް ތަޙްްޤީޤްކުރަމުން އަންނަކަމަށާއި، އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓުވި ދެ އުޅަނދު ވެސް ދުއްވާފައިވަނީ ލައިސެންސް އޮންނަ ދެމީހުން ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ