ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 2 ޒުވާނުންވެސް މަރުވެއްޖެއެވެ. އެ ދެޒުވާނުންވެސް ވަނީ އެކްސިޑެންޓް ހިނގި ކާރުގައި ތާށިވެފައެވެ. ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ދެ ޒުވާނުންވެސް ހޮސްޕިޓަލަށް ގެނައިިއިރުވެސް މަރުވެފައިވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 19 މަރުގެ އަހުމަދު މުތީއު އާއި 24 އަހަރުގެ އާމިލް އަހުމަދުއެވެ.މީގެ ތެރެއިން މުތީއު އަކީ އޮކްޓޫބަރު 2017 ގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ މީހެކެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުަށްފަހު އޭނާ ވަނީ އޭރު ރަނގަޅުވެފައެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރަށް ކާރު ދުއްވައފައިދަނިކޮށް ކާރެއްގައި ޖެހިގެންނެވެ.
މި ދެޒުވާނުންވެސް ކާރުން ނެރެން ޖެހުނީ ގްރޭންޑަރުން ކާރުގެ ބައެއް ބައިތައް ކީހާލައިގެންނެވެ. ކާރަކީ މައްޗަށް ދޮރު ހުޅުވޭ ކާރަކަށްވުމުން ގަހުގައި ޖެހުނުގޮތަށް ކާރުގެ ދެ ދޮރުފަތްވެސް ބަނޑިވެ ހަލާކުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ