އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ ހުރިހާ މަގެއް ހެދުމުގެ މަޝްރޫޢުއެއް ނޫން: ފައްޔާޟް

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ ހުރިހާ މަގެއް ހެދުމުގެ މަޝްރޫޢުއެއް ނޫން: ފައްޔާޟް

Author
މުޙައްމަދު ޖިމީ
27 ފެބްރުއަރީ 2021 01:46
0

އިންޑިއާގެ ލޯން އެހީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އައްޑޫ ސިޓީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ ދަށުން އެސިޓީގެ ހުރިހާ މަގެއްގައި ތާރު ނާޅާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިތުރު ލިންކު ރޯޑެއް ޤާއިމްކުރުމުގެ މަޝްރޫޢޫއާއި، އިތުރު މަގުތައް ތާރު އަޅައިގެން ތަރައްޤީކޮށް ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއެކު ސޮއިކޮށްފައިވަނީ އިންޑިއާގެ އެކސްޓްރަނަލް އެފެއަރޒް މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 1.19 ބިލިއަން ރުފިޔާ މި މަޝްރޫޢުއަށް ވަނީ ކަނޑައަޅާފައެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ބައެއް މަގުތަކުގައި ސިމެންތި އެޅުމަށް ނިންމާފައިވާތީ ބައެއް ފަރާތްތަކުން ވަނީ ފަޑުކިއުން އަމާޒުކޯށްފައެވެ. މިކަމާއި ގުޅިގެން މީހަކު ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، އެ މަޝްރޫޢުއަކީ އައްޑޫސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ހިންގާ މަޝްރޫޢެއްކަމަށާއި، އެ މަޝްރޫއުއަކީ އައްޑޫގެ ހުރިހާ މަގެއް ހެދުމާ ގުޅިފައިވާ މަޝްރޫޢެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ، އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޑެޓާއި 730 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުުގެ ގޮތުން އައްޑޫ ފޭދޫ ފިޔަވާ ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫގައި ޖުމްލަ 40 ކިލޯ މީޓަރުގެ މަގު ތާރު އަޅާއިގެން ހެދުމަށް ހަމަޖެހިފައިވާއިރު، ތާރު އެޅައިގެން ތަރައްްޤީކުރާ މަގުތަކުގެ އިތުރުން 60 ކިލޯމީޓަރުގެމަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔަހުޔާ
ކާކާ ދިމާލަށް ލޯއަޅައިގެން މިކަލޭގެ މިހިރީ؟
4 4 މީ
.Aee citycouncil ge vote hoadhan midhuaskolhah vaavarah magu hadhan ulheykan dhakkan vegen aruaa adeh kamah dheyhavaagothkah noonthoa Fayyaz e vidhaalhuvanee. Mi ee alhugandah visnunugoih .