ތ.އަތޮޅުގެ ފުރަތަމަ ސްވިމިންގ ޓްރެކް އެއަތޮޅު ތިމަރަފުށީގައި ޤާއިމްކޮށްފިއެވެ.
ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒްގެ އެހީއާއި އެއްބާރުލުމާއެކު ޤާއިމްކުރި މި ސްވިމިން ޓްރެކް ތަރައްޤީކޮށްފައިވަނީ ޗައިނާގެ ޚާއްޞަ އެހީތެރިކަމާއެކުއެވެ. މި ސްވިމިން ޓްރެކާއެކު، ތ.އަތޮޅުގައި އެންމެ ފުރަތަމަ ސްވިމިން ޓްރެކް ތަރައްޤީކުރި ރަށަކަށް ތިމަރަފުށި ވެގެންދާނެއެވެ.

މި ޓްރެކް ތަރައްޤީކުރުމަށް ވެދިން އެހީތެރިކަމަށް އެދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލިޖޮންގަށާއި، ޗައިނާ ސަރުކާރާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. އަދި މި ޓްރެކް ޤާއިމްކުރުމަށް ކައުންސިލާއި އެރަށު ރައްޔިތުން އަދާކުރި ދައުރާއި އެއްބާރުލުން ރިޔާޒް ފާހަގަކުރެއްވިއެވެ.
The first swimming track in Thaa Atoll is in Thimarafushi! On behalf of my constituents, I thank Chinese Ambassador to Maldives for the assistance from the People’s Republic of China. I congratulate The Council & the people for their role to get it done. @AmbassadorZhang pic.twitter.com/mTam3GVsOq
— Abdulla Riyaz MP (@riyazabdulla) February 26, 2021
މި ސްވިމިން ޓްރެކާއެކު ކަސްރަތު ކުރާ މީހުންނަށް އެކަމުގެ ގިނަ ފައިދާތަކެއްކޮށް، ދުޅަހެޔޮ ހަށިހެޔޮ ޒުވާނުންތަކެއް އުފެދިގެންދާނެއެވެ. މިކަމުގެ ސަބަބުން ސްކޫލް މުބާރާތްތަކާއި އެނޫންވެސް އިތުރު ހަރަކާތްތައް ބޭއްވުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށް އެދާއިރާގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ.

ތިމަރަފުށީގައި ސްވިމިން ޓްރެކެއް ތަރައްްޤީކޮށް ބޭނުންކުރަން ފަށާފައިވާއިރު، އަދިވެސް އެދާއިރާގެ ތަރައްޤީއަށާއި، ޒުވާނުންގެ ހަށިހެޔޮކަމަށް ގިނަ ކަންތައްތަކެއް ކުރިއަށް ހުރިއިރު އެކަމަށް އެދާއިރާގެ މަޖިލިސް މެންބަރުންގެ އެއްބާރުލުން ލިބޭކަން ރައްޔިތުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ