ރައީސް މައުމޫން، ޑރ.އިޔާޒަށް: ދީނުގެ ޢިލްމުވެރިން ދުލުގެ އިއްފަތްތެރިކަމަށް އިސްކަންދެއްވާނެ

ރައީސް މައުމޫން، ޑރ.އިޔާޒަށް: ދީނުގެ ޢިލްމުވެރިން ދުލުގެ އިއްފަތްތެރިކަމަށް އިސްކަންދެއްވާނެ

Author
މުޙައްމަދު ޖިމީ
26 ފެބްރުއަރީ 2021 05:27
0

ދީނުގެޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ރައްދުދެއްވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، ދީނުގެޢިލްމުވެރިން ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެކަމަށާއި، ވާހަކަފުޅު ދައްކަވާނީ ޙިކްމަތްތެރިކަމާއެކު ރިވެތިބަހުންކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ދީނީ ޢިލްމުވެރިޔާ އަދި ސަރުކާރުގެ ސިޔާސަތުތައް ފާޅުގައި ދިފާޢުކުރައްވަމުން ގެންދަވާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަތީފް މިސްކިތަށް ނަމާދަށް ނުދާ މީހުންނަށް މިސްކިތާ ގުޅޭ ގޮތުން ވާހަކަނުދެއްކޭނެ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނިކޮށެވެ.

ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަމުން އަންނައިރު، ކޯވިޑް-19 ހަލުވިކަމާއެކު މާލެ ސަރަހައްދުގައި ފެތުރެމުން އަންނާތީ އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތުގައި ގަައިދުރުކަން ބެހެއްޓުމަށާއި، މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮރަކަލި
ދީނީބެއިފުޅުންނާއި ދީނީ ނޫން ބެއިފުޅުން ވެސް އެއްބެއިފުޅަކު ދަށްކާ ވާހަކަ އަށް ރަށްދޫދި ވާހަކަތައް ދެއްކުން ކޮންމެވެސް މިންވަރަކަށް ހިފަހައްޓައިގެން ކުރިއަށް ދިއުމަކީ ރަގަނޅު ކަމެއްގެ ގޮތުގައި ދެކެން
ބ ބަޗީ
ޢިލްމީ ގޮތުން ދަށު ދަރަޖައިގެ މީހަކު، ދުލުގެ ޢިއްފަތްތެރިކަމޭ ކިޔައިގެން, ދުނިޔެ އަށްވުރެ އަނގަ ބޮޑުކުރުމަކީ ދުލުގެ ޢިއްފަތްތެރިކަން ރައްކާތެރިކުރުންތޯ؟