އާބާދީ ކުޑަ ފެހެންދޫ ބަނދަރު މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ

އާބާދީ ކުޑަ ފެހެންދޫ ބަނދަރު މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 09:51
0

ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ.

އެމްޓީސީސީން ވިދާޅުވީ މި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. އަދި 130 ކިލޯމީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.

ބ.ފެހެންދޫ ބަނދަރުހެދުމުގެ މަޝްރޫޢުގެ ދަށުން 25000 (ފަންސަވީސް ހާސް) ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާ 18500 (އަށާރަހާސް ފަސްސަތޭކަ) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުންވެސް ހިމެނެއެވެ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީން ބުނީ މި މަސައްކަތުގެ އިތުރަށް 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާ، ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުބައްތި ޖެހުމާ، ނެރުބައްތި ޖެހުމާއި، 558 (ފަސްސަތޭކަ ފަންސާސް އަށް) މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

ޖުމްލަ 49.66 (ސާޅީސް ނުވައެއް ޕޮއިންޓް ހައެއް ހައެއް) މިލިއަންރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.