ބޮޑުތަފާތަކުން ފުރަތަމަ ލެގު ބަޔާން ކާމިޔާބުކޮށްފި

ބޮޑުތަފާތަކުން ފުރަތަމަ ލެގު ބަޔާން ކާމިޔާބުކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 11:51
0

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގައި އެންމެފަހުގެ ޗެމްޕިއަން ޖަރުމަނު ބުންޑަސްލީގާގެ ބަޔާން މިޔުނިކާއި އިޓާލިއަން ސެރީއާގެ ލާޒިއޯ ބައްލުކުރި ފުރަތަމަ ލެގުގެ މެޗު ބޮޑު ތަފާތަކުން ބަޔާން ކާމިޔާބުކޮށްފިއެވެ.

މިމެޗު ރަށުންބޭރުގައި އިޓަލީގެ ލާޒިއޯ އަތުން ބަޔާން މޮޅުވެފައިވަނީ 4-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ބަޔާން ވަނީ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ބަޔޭންއަށް ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 72 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު އެނާވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

މިމެޗްގައި ބަޔާންގެ ދެވަނަ ލަނޑު ޖަހާދިނީ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއަލާއެވެ.  ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންއިންވަނީ އެޓީމްގެ ލިޑު އިތުރަށް ފުޅާކޮށްފައެވެ. މިލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހާދިނީ ލިރޯއި ސާނޭއެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ލާޒިއޯގެ ފްރެންސެސްކޯ އަސޭބީ އަތުން ބައިކޮޅަށް ލަނޑެއް ވަދެ ބަޔާންއަށް ހަތަރުވަނަ ލަނޑު ކާމިޔާބުކުރެވުނެވެ. މިމެޗްގައި ލާޒިއޯއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 49 މިނެޓްގައި ޖަހާދިނީ ހޯކިމް ކޯރެއާއެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހު ބަޔާން ދަނޑުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.