ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރު ކުރުމުގައި ހުރި މައްސަލަތައް ހައްލުކޮށް ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ރޭގަނޑުގައިވެސް ދަތުރު ފެށިގެންދާނެކަމަށް ރައީސް ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކައުންސިލް އިންތިޚާބާއި ދިމާކޮށް ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއިއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހދ.ކުޅުދުއްފުށީ ކެންޑިޑޭޓިންނާއި ކެންޕެއިން ޓީމާއިއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެއާޕޯޓެއް އޮތަސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރެވޭކަން ފާހަގަވާކަމަށެވެ.
އެެއާޕޯޓުގައި ލައިޓް ހަރުކޮށްފައި ނެތުމުން ރޭގަނޑު އެއްގޮތަކަށްވެސް ދަތުރު ނުކުރެވި، ހަނިމާދޫއަށް ދަތުރު ކުރަން ޖެހުމަކީ ކަންބޮޑުވުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު މިމައްސަލަ ހައްލުކޮށް ކުރިއަށް ދެ މަސް ދުވަހުގެ ތެރެގައި ރޭގަނޑުގައިވެސް ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީށް ޞާލިހު ވިދާޅުވިއެވެ.
ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައި ހަބު ކަމަށްވާއިރު، ކުޅުދުއްފުށީ އެއަރޕޯޓުން ޚިދުމަތް ދޭން ފެށުމުން އެސަރަޙައްދުގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ